Advertisement

އެސްޓަން ވިލާގެ ޖޯން މެކިން ގޯލު ކާމިޔާބު ކުރުމަށްފަހު

10 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

މިހާރު އޮތް ފޯމުގައި އެސްޓަން ވިލާ އެންމެ ފަހުން ފެނިފައިވަނި މީގެ 43 އަހަރު ކުރިން

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިލާ ޕާކުގައި އެސްޓަން ވިލާ އިން، މި ސީޒަނުގައި ތައްޓަށް ވާދަކުރަމުން އަންނަ އާސެނަލް ވެސް ބަލިކޮށްފިއެވެ. ވިލާ އިން ވަނީ މީގެ ތިން ދުވަސް ކުރިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވެސް ވިލާ ޕާކުގައި ބަލިކޮށްފައެވެ.

ލީގުގައި މިހާތަނަށް 16 މެޗު ކުޅުނު އިރު އެސްޓަން ވިލާ އިން ވަނީ 35 ޕޮއިންޓު ހޯދާފައެވެ. މި ސީޒަންގައި އެ ޓީމު ކުޅެމުން އަންނަ ފޯމުގައި އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 1980/81 ސީޒަންގައެވެ. އަދި އެ ސީޒަންގައި ވިލާ އިން ވަނީ ލީގު ކާމިޔާބުކޮށްފައެވެ.

އާސެނަލްއާ ދެކޮޅަށް ހޯދި މޮޅާއެކީ އެސްޓަން ވިލާއިން މި ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 15 މެޗު ހަމަކޮށްފައެވެ. މިއީ ކުލަބު ތާރީޙުގައި ރެކޯޑެކެވެ. މި ނޫނަސް މި ސީޒަނުގައި އެ ޓީމުން އަންނަނީ ތާރީހުގެ އައު ޞަފްޙާތަކެއް ލިޔަމުންނެވެ.  

އާސެނަލް ކޮޅަށް އެސްޓަން ވިލާއިން ކާމިޔާބު ކުރި ގޯލު ޖެހި ފުރުސަތު ތަނަވަސްކޮށްދިނީ، ސިޓީގެ ގޯލު ފޫއަޅުވާލި ލިއޯން ބެއިލީއެވެ. ބެއިލީ ބޯޅަ ހިފައިގެން ގޯލު އޭރިއާ ތެރެއަށް ވަނުމަށްފަހު ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ސްކޮޓިޝް ފޯވާޑް ޖޯން މެކިންއެވެ.

މި މެޗަކީ މި ސީޒަނުގައި އެންމެ ގިނަ ޓެކުލްތައް ވެސް ފެނިގެން ގޮސްފައިވާ މެޗެވެ. އެގޮތުން މެޗުގައި ޖުމްލަ 63 ޓެކުލް ފެނިގެން ދިޔައިރު، އެސްޓަންވިލާއިން ވަނީ 32 ޓެކުލް އަދި އާސެނަލް އިން ވަނީ 31 ޓެކުލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.