Advertisement

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކުރުން---

09 Dec 2023
ދުނިޔެ

އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި

އަންނަ އަހަރުގެ މާޗު މަސް ނިމެންދެން،  އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން  މަނާކޮށްފިކަން، ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ އިންޑިއާން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ، 2024 ވަނަ އަހަރު އެޤައުމުގައި ބާއްވާ އާއްމު އިންތިޚާބުގެ ވޯޓުލުމާއި ދިމާކޮށް އިންފްލޭޝަން ދަށްކުރުމުގެ ގޮތުންނެވެ. މިގޮތުން ޖެނުއަރީ 5 އިން ފެށިގެން މާރިޗް 31 ގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މުޅިން މަނާވާނެއެވެ. އަދި ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 5 ވަނަ ދުވަހާއި ހަމައަށް ވަކި ޝަރުޠުތަކަކާއި ހަމަތަކުގެ ތެރެއި ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމުގައި އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ފިޔާ އެންމެ ގިނައިން ގެންނަނީ އިންޑިއާއިން ކަމަށްވުމާއި އެކު އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިސަރުކާރާއި އެކު ގޯސްވެފައި ވާއިރު، ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތައް ކުރިމަތވާނެކަން ބެލެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.