Advertisement

އެވަޓަންއަށް ފުރަތަމަ ގޯލު ކާމިޔާބު ކުރުމަށްފަހު އެ ޓީމުގެ މެކްނީލް އުފާ ފާޅު ކުރަނީ

08 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޓްރިޕިއާއަށް ހެދުނު ގޯސްތަކުގެ ބޭނުން ހިފައި ރެލިގޭޝަން ޒޯނުން އެވަޓަން ބޭރުވެއްޖެ

އިންގްލިޝް ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެވަޓަން އާއި ނިއުކާސްލް ބައްދަލުކުރި މެޗު 3-0 އިން އެވަޓަން ކާމިޔާބުކޮށް، ރެލިގޭޝަން ޒޯނުން އެ ޓީމު ބޭރުވެއްޖެއެވެ. އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗުން ލިބުނު 3 ޕޮއިންޓާއެކީ މިހާރު އެ ޓީމަށް ޖުމްލަ 10 ޕޮއިންޓު ލިބިފައިވެއެވެ

ނިއުކާސްލްއަށް ލީޑު ނެގުމަށް ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ ކުރީކޮޅު، ކިރަން ޓްރިޕިއާ ފޮނުވާލި ހިލޭޖެހުން ފާހަގަކޮށްލެވެއެވެ. މި ހިލޭޖެހުންވަނީ ޕިކްފޯޑް ދިފާއު ކޮށްފައެވެ. މީގެ އިތުރުން މިގުއެލް އަލްމިރޯން، އެލެކްސެންޑަރ އިސާކް އަދި އެންތޮނީ ގޯޑަންއަށް ވެސް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެފައެވެ.

އެވަޓަންގެ ގޯލުތައް ފެނިގެން ދިޔައީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ. އެގޮތުން މެޗުގެ ފަހުކޮޅަށް އައިއިރު ކޮންސެންޓްރޭޝަން ގެއްލިފައިހުރި ޓްރިޕިއާއަށް ހެދުނު ގޯސްތަކުގެ ބޭނުން ހިފައި އެވަޓަންއިން ވަނީ މެޗު އަނބުރާލާފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 79 ވަނަ މިނެޓުގައި ޑްވައިޓް މެކްނީލްއެވެ. އަދި ދެވަނަ ގޯލާއި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނި މެޗުގެ 86 ވަނަ މިނެޓުގަ އާއި އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި އަބްދުއްލައި ޑޮކޯރޭ އަދި ބެޓޯއެވެ.

މި މެޗުން ބަލިވުމުން، މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާއަށް ވުރެން މައްޗަށް، ލީގުގެ 5 ވަނައަށް ޖެހިލުމަށް ނިއުކާސްލްއަށް ލިބުނު ފުރުސަތު މިވަނީ ބޭކާރުވެފައެވެ. މި މެޗަށް ނިކުތް އިރު އެ ޓީމަށް އޮތް އެންމެ ބޮޑު ގެންޖެހުމަކަށްވީ، އެ ޓީމުގެ އެއް ނަންބަރު ކީޕަރަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފައި ވުމެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.