Advertisement

07 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސިޓީއާ ދެކޮޅަށް ތާރީހީ މޮޅެއް ހޯދާ، ވިލާއިން ލީގު ތަށީގެ ރޭހަށް

އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެ ރޭ އެސްޓަން ވިލާ އިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ. ވިލާ ޕާކުގައި އުނާއި އެމްރޭގެ ވިލާއިން މި ހޯދި ތާރީހީ ކާމިޔާބާއެކީ، އެ ޓީމު މިވަނީ ސިޓީ ފަހަތަށް ޖައްސާލާ، ލީގުގެ ތިންވަނައަށް ކުރިޔަށް ޖެހި، ތަށީގެ ރޭހުގައި ރަގަޅަށް ފައިހަމަކޮށްފައެވެ. 

އެގޮތުން ވިލާއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު އެ ޓީމުން އާސެނަލްއާ ދެކޮޅަށް ވިލާ ޕާކުގައި ނިކުންނަ މެޗު ކާމިޔާބުކޮށްފިނަމަ، މި ފަރަގު އެއް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

ސިޓީއާ ދެކޮޅަށް މުޅި މެޗުގައިވެސް ރަގަޅު ކުޅުމެއް ދެއްކި ވިލާއިން ޖުމްލަ 22 ހަމަލާ އުފެއްދިއެވެ. މިއީ ގާޑިއޯލާ ހަވާލުވިފަހުން ސިޓީއާ ދެކޮޅަށް އެއް މެޗެއްގައި އެންމެ ގިނަ ހަމަލާ އަމާޒުވި މެޗެވެ. އޭގެ ބަދަލުގައި ސިޓީއަށް މެޗުގެ 90 މިނެޓުގެ ތެރޭގައި ވިލާގެ ގޯލަށް

ފޮނުވާލެވުނީ އެންމެ 2 ހަމަލާއެވެ. 

ގިނަ ހަމަލާތަކަކަށްފަހު ސިޓީގެ ގޯލު ވިލާއަށް ފޫއަޅުވާލެވުނީ މެޗުގެ 74 ވަނަ މިނެޓުގައި ލިއޯން ބެއިލީ ކާމިޔާބުކޮށްދިން ގޯލަކުންނެވެ.  ގޯލަށް އަމާޒުކޮށް ބެއިލީ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސިޓީގެ ޑިފެންޑަރ ރޫބެން ޑިއާޒްގެ ގައިގަ ޖެހިފައެވެ. މިއީ މި ސީޒަނުގައި ބެއިލީ ކާމިޔާބުކުރި 5 ވަނަ ގޯލެވެ. 

ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ވިލާ މި ހަމަކުރީ  އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 14 ވަނަ މޮޅެވެ. މިއީ ކުލަބުގެ ރެކޯޑެކެވެ. އަނެއްކޮޅުން ގާޑިއޯލާ އާއި އުނާއި އެމްރޭގެ 14 ވަނަ ކުރިމަތިލުމުގައި މިއީ ގާޑިއޯލާއާ ދެކޮޅަށް އުނާއި އެމްރޭ އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ މޮޅެވެސްމެއެވެ. ދެ ކޯޗުންގެ ކުރިމަތިލުމުގައި މީގެ ކުރިން 9 މެޗުން ގާޑިއޯލާ މޮޅުވެފައިވާއިރު، 4 މެޗު ވަނީ އެއްވަރުވެފައެވެ. 

ވިލާ އަތުން ވީ ބައްޔާއެކީ، ސިޓީއަށް ފާއިތުވި ލީގު 4 މެޗު މިވަނީ ކާމިޔާބު ނުކުރެވިއެވެ. 3 މެޗުން އެއްވަރުވެ އަދި 1 މެޗުން ބަލިވުމުން، ހޯދެން އޮތް 9 ޕޮއިންޓު މިވަނީ އެ ޓީމަށް ބީވެ، ލީގުގެ 4 ވަނައަށް ވެއްޓިފައެވެ. މިއީ ގާޑިއޯލާ ހަވާލުވިފަހުން، މެޗަކުން މޮޅުނުވެ އެންމެ ދިގުލާދާ ފަހަރެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.