Advertisement

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

07 Dec 2023
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)

ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ މަޖިލީސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީއަށް ސުޕަރމެޖޯރިޓީ ހޯދުން

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި، ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބު ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕިއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި އޮފީސް ހުޅުއްވައި ދެއްވައި ދެއްކެވި، ވާހަކަފުޅު ދައްކަވަމުންނެވެ. ޕީއެންސީގެ ރަސްމީ އޮފީސް ހުޅުވާފައި ވަނީ، ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގައެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިފަދަ ޖާގަ ތަނަވަސް ބޮޑު ތަނެއް އޮފީސް ހިންގަން ލިބުމަކީ ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އަދި މިހަރަކާތްތެރިވާން ފެށުނީކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން އެއީ ވެރިކަން ލިބި ސަރުކާރު އެކުލަވައިލެވުމަށްފަހުގައި ބޭއްވޭ ފުރަތަމަ ޕާޓީ ޖަލްސާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަދި މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި ދެ ޕާޓީ ގުޅިގެން ޤައުމީ ޖޯޝުގައި ޤައުމީ ވިސްނުމުގައި އެކުއެކީގައި ޤައުމު އިސްކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ބޮޑު ނަތީޖާއަކުން މަޖިލީހުގެ ސުޕަރމެޖޯރިޓީ ކާމިޔާބު ކުރެވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޮންޖެހުންތައް ހުންނާނެ ކަމަށާއި، ގޮންޖެހުންތަކަކީ، ކުރިއެރުމަށް ލިބޭ ހިއްވަރަކަށް ވާންވާނެ ކަމަށެވެ.  

"އަޅުގަނޑުމެންގެ ނިޔަތަކީ، ދީނާއި ޤައުމަށްޓަކައި، ޤައުމުގެ ކުރިއެރުމަށްޓަކައި، ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތް ކުރުން. އެހެންވީމާ، އަޅުގަނޑުމެން އެމަސައްކަތުގައި، ހުރިހާއެންމެންނާވެސް ވާހަކަދެކެވި އެންމެން އެކުއެކީގައި، އެންމެން އެއްރޫޙެއްގައި، ޤައުމުގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރުމަށް، އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅުވާނެ." 

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހުގައި ވަނީ، ‏ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓުގެ ބައްދަލުވުމެއް ބާއްވައި، ސެނެޓަރުންގެ އިއްތިފާގުން ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޙާބުކޮށްފައެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ މަޤާމަކީ، ކުރިން ރައީސް ޔާމީން ހުންނެވި މަޤާމެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.