Advertisement

06 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރެސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން އަންގައިފި

އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އޯލްޑް-ޓްރެފަޑްގައި ނިކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ

ރިޕޯޓުތައް ބުނާ ގޮތުން، މީޑިއާތަކަށް މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ، މިދިޔަ ހޮނިހިރު ދުވަހު ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ބަލިވުމުން، ކްލަބުގެ ކޮމެންޓެއް ނުހޯދާ ބޮޑެތި ފާޑު ކިއުންތައް އެ ޓީމަށާއި ކޯޗު އެރިކް ޓެން ހެގްއަށް އަމާޒު ކުރުމުންނެވެ. އެގޮތުން، ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ޗޭންޖިންގ ރޫމްގައި ގިނަ ކުޅުންތެރިންތަކެއް ޓެން ހެގްގެ ބަހަށް ބޯ ނުލަނބާކަމާއި، ކުޅުންތެރިން އޭނާއަށް ކުރާ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ ކަމުގެ ހަގީގަތް ނުހޯދާކަމަށް ޔުނައިޓެޑުން ބުނެއެވެ.

އަދި ކޯޗު ޓެން ހެގްއަށް އަމާޒުކުރި ފާޑު ކިއުންތައް އޭނާވަނީ ދޮގުކޮށްފައެވެ. މިކަމާ ގުޅިގެން ޓެން ހެގް ބުނީ، އޭނާއަކީ އަބަދުވެސް ކުޅުންތެރިންގެ ވާހަކަތައް އަޑުއަހާ ކޯޗެއް ކަމަށެވެ. އަދި ނިއުކާސްލް މެޗަށްފަހު ޗޭންޖިންގ ރޫމްގައި އޭނާގެ ކޮންޓްރޯލް ގެއްލުނުކަމަށް ބުނެފައިވާ ވާހަކަތައް ވެސް ވަނީ ދޮގުކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ގެންގުޅޭ ކުޅުމުގެ ވައްޓަފާޅިއަށް ވެސް އެކެއް ނުވަތަ ދެ ކުޅުންތެރިއަކު ހިޔާލު ތަފާތުވި ނަމަވެސް، އޭނާ ގެންގުޅޭ ކުޅުމުގެ ވައްޓަފާޅިއަށް ޖުމްލަ ގޮތެއްގައި މުޅި ޓީމުން ވެސް ރުހޭ ކަމަށް ފާހަގަކޮށްފައިވެއެވެ

ޓެން ހެގްއާ ކުޅުންތެރިންނާ ދޭތެރޭ އޮތް ގުޅުމުގެ ވާހަކައަށް އަލިއަޅުވާލައި އޭނާ ބުނީ، އެ ޓީމުން އެވަޓަން އަދި ގަލަޓަސަރާއިއާ ދެކޮޅަށް ދެއްކި ކުޅުމާއި، ކާމިޔާބުކޮށްފައިވާ ގޯލުތަކަށް ބަލާލިޔަސް، ކުޅުންތެރިންގެ ގުޅުން ރަގަޅުކަން ސާފުވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.