Advertisement

21 Mar 2021
ރިޕޯޓް
ޢަލީ ސުލައިމާން

މުސްތަގުބަލުގައި ރާއްޖޭގެ އާބާދީއަށް ވާނީ ކިހިނެއް؟

ދިވެހިރާއްޖެއަކީ، މީހުން އާބާދުވެ ދިރިއުޅެން ފެށިތާ، 2000 އަހަރަށް ވުރެ ގިނަ ދުވަސްވީ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. އެހެން ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގެ ނިސްބަތުން ދިވެހިރާއްޖޭގެ އާބާދީ އިތުރުވި މިންވަރު ދަށެވެ. އާބާދީ އާއި ބޯހިމެނުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މީގެ 110 އަހަރު ކުރިން ރާއްޖޭގެ އާބާދީ އަކީ 72،237 މީހުންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އެކު، މިހާރު ރާއްޖޭގެ އާބާދީއަކީ، 547،455 މީހުންނެވެ.

ފާއިތުވި 100 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ ބާރު ދުވެލީގައި އިތުރުވެ ރާއްޖޭގެ ހާލަތު ބަދަލުވިއެވެ. 1980 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީއަކީ، 156000. އޭރު ދިވެހިރާއްޖެ ހިމެނިފައި އޮތީ ދުނިޔޭގެ އެންމެ ފަޤީރު 20 ޤައުމުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭގެ 32 އަހަރު ފަހުން ރާއްޖޭގެ އާބާދީ 3 ލައްކަ އަށް އެރި އިރު، 2012 ވަނަ އަހަރު ދިވެހިރާއްޖެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނުނެވެ.

ސުވާލަކީ ރާއްޖޭގެ ކުރިމަގު އޮތީ ކިހިނެއްތޯއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އެއްކޮށްފައިވާ މައުލޫމާތަށް ބަލައި އަންދާޒާކުރެވިފައި ވަނީ، 2054 ވަނަ އަހަރު ދިވެހި ރާއްޖޭގެ އާބާދީ މިލިޔަނަކަށް އަރާނެ ކަމުގައެވެ. އެކަމަކު އެހާތަނަށް ރާއްޖޭގެ އާބާދީގައި ގިނަވަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުގެ އެންމެ ފަސޭހަ އަންދާޒާއެއް ލިބޭނީ ސްކޫލުތަކުންނެވެ. ރާއްޖޭގައި އޯލެވެލް ނިންމާ ކުދިންގެ އަދަދު އަހަރުން އަހަރަށް ދަށަށް ދާއިރު، މިއީ ރާއްޖޭގެ އާބާދީގައި ޒުވާނުންގެ އަދަދު ކުރިއަށް އޮތްތަނުގައި ދަށަށް ދާނެކަން ހާމަވާކަމެކެވެ.

2014ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައީ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ އާބާދީ އިތުރުވާ ރޭޓް އަހަރުން އަހަރަށް ދަށްވަމުންދިޔުމުމާއި ދިވެހިން ދިރިހުންނަ އުމުރު މަތިވަމުން ދިއުމުގެ ނަތީޖާއަކަށް ވާނީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އާބާދީގައި މުސްކުޅިން ގިނަވުމެވެ. އެކަމުގެ ސަބަބުން އިޤުތިޞާދީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ. ނަމަވެސް ރާއްޖޭގައި އިތުރުވަމުން އަންނަ ބިދޭސީންގެ އާބާދީގެ ސަބަބުން އިޤުތިޞާދީ މަސައްކަތްތަކުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނަ ވާނެއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، 2050 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އާބާދީގެ 43% މީހުންނަކީ ބިދޭސީންނަށް ވާނެއެވެ. 

ރާއްޖޭގައި ބިދޭސީންގެ އާބާދީ އިތުރުވަނީ ކީއްވެ؟

ރާއްޖޭގައި ޤަވާއިދާއި އެއްގޮތަށް އުޅޭ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެކު ޖުމުލަ 2 ލައްކައަށް ވުރެ ގިނަ މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. ރާއްޖޭގައި ބިދޭސީންގެ އާބާދީ އިތުރުވެފައި ވަނީ، ރާއްޖޭގެ އިޤުތިޞާދީ މަސައްކަތްތައް ހިންގޭނެ މިންވަރަށް ދިވެހިންގެ އާބާދީ ނެތުމުންނެވެ. ކޮންސްޓްރަކްޝަން ފަތުރުވެރިކަން އެނޫންވެސް ސިނާއީ މަސައްކަތްތައް ކުރުމަށް ފުދޭ މިންވަރަށް ރާއްޖޭގައި އިންސާނީ ވަސީލަތްތަކެއް ނެތެވެ. 

ރާއްޖޭގައި ބިދޭސީންގެ އާބާދީ، އަހަރަކު %10 އިތުރުވަމުން ދާއިރު، މީގެ 30 އަހަރު ފަހުން ބިދޭސީންގެ އާބާދީވެސް ބައިމިލިޔަނަށް އަރާނެއެވެ. ރާއްޖޭގެ އާބާދީ ހަލުވި ކަމާއި އެކު އިތުރުވަމުން އަންނަ ކަމަށް ދައްކަނީވެސް ބިދޭސީންގެ އާބާދީ އިތުރުވަމުން އަންނަ ބާރު ސްޕީޑްގެ ސަބަބުންނެވެ.

ރާއްޖޭގައި ދިވެހިންގެ އާބާދީ ދަށްވަމުން ދިޔުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކައިވެނި ކުރާ އުމުރު މަތިވަމުން ދިއުމާއި، ދަރިން ހޯދާ އަދަދު މަދުވަމުން ދިއުން ހިމެނެއެވެ. މިކަންކަން ގުޅިފައި އޮތީ ދިވެހިންގެ ދިރިއުޅުމުގެ ހާލަތާއެވެ. މިހާރުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ރާއްޖޭގެ އާބާދީއަށް މިހާރު އަންނަމުންދާ ބަދަލުތަކާއި މެދު ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2050 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ އާބާދީގައި ބިދޭސީން ދެގުނަވެ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ މުސްކުޅިން ކަމުގައިވެގެން ދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.