Advertisement

19 Apr 2023
ޚަބަރު
މިފްތާޙް މުޙައްމަދު

ހޫނު ގަދަ ދުވަސްވަރާއި ދިމާކޮށް ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މިހިނގާ އެޕްރީލް މަހާ އަދި ޖެހިގެން އަންނަ މެއި މަހަކީ ރާއްޖެއަށް މި އަހަރު އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާތީ, ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން އިތުރަށް ފާހަގަ ކުރާ ގޮތުގައި, މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު, ހާއްސަކޮށް ރޭގަނޑު ގަޑީގައި އިތުރުވެ, އެ ކުންފުނިން ކަރަންޓު އުފައްދާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އަދި ހޫނު މޫސުމާ ރޯދަ މަހާ ދިމާވެފައިވުމަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވެގެން ގޮސްފައިވާ ދެވަނަ ސަބަބުކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

ހާލަތު މިހެން އޮތް ނަމަވެސް, ކަރަންޓު އިސްރާފުކުރުން މަދުކޮށް އިގްތިސާދު ކުރެވޭނެ ގޮތަކަށް ރާވާ, ކަރަންޓު ޚަރަދު ކުޑަކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.