Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި އިންޑިއާ ސަފީރު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ؛ މަޖިލިސް

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލު ކުރައްވައިފި

ރާއްޖެއާ އިންޑިއާގެ ގުޅުން ގޯސްވެފައިވާ މިދަނޑިވަޅުގައި، އިންޑިއާ ސަފީރު މުނޫ މުހާވަރު ރައްޔިތުންގެ މަޖިލީހުގެ ރައިސް މުޙައްމަދު އަސްލަމާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއިއެކު އިންޑިއާ ސަފީރު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި، ދިވެރާއްޖެއާ އިންޑިއާ އާދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށް ކުރެއްވިދާނޭ ކަންކަމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާ އިންޑިއާއަކީ ޒަމާނުއްސުރެ ގާތްގުޅުމެއް އޮންނަ، އަދި އެކި ރޮނގުތަކުން އިންޑިއާއަކީ ރާއްޖެއަށް ގިނަ ގުނަ އެހީތަކެއް ވެދެމުން އަންނަ ޤައުމަކަށްވީ ނަމަވެސް، އައު ސަރުކާރު ވެރިކަމަށް އައުމަށްޓަކައި، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކިލަނބުވާފަދަ އެތައް ދޮގުވާހަކަތަކެއް ވަނީ ފަތުރާފައެވެ. އަދި ދިވެހި ސަރުކާރުން އެދިގެން ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.