Advertisement

ޮފޮޓޯ: ސޯޝަލް މީޑިއާ

27 Nov 2023
ޚަބަރު

އިމިގްރާޝަނުން "އީ-ގޭޓް" ގެ ޙިދުމަތް އަލުން ފަށައިފި

ދިވެހިންނަށް ފަސޭހަކަމާއިއެކު "ސިމްލެސް ޓްރެވެލް" ގެ ޙިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިމިގްރާޝަނުން "އީ-ގޭޓް" ގެ ޙިދުމަތް އަލުން ފަށައިފިއެވެ.

'އީ-ގޭޓް'ގެ ޚިދުމަތް އަލުން ފަށާފައިވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އެގޮތަށް ނިންމެވުމާއި ގުޅިގެންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

'އީ-ގޭޓް'ގެ ޚިދުމަތް މީގެ ކުރިން މެދުކެނޑިފައި އޮތީ ކޮވިޑް-19 ގެ ހާލަތާއެކުގައެވެ. ނަމަވެސް، އަނެއްކާވެސް ދިވެހިންނަށް މި އޮޓޯ ގޭޓު ބޭނުންކޮށް އަމިއްލައަށް އިމިގްރޭޝަން ކްލިއަރެންސް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

'އީ-ގޭޓް' އަކީ ވަރަށް ފަސޭހަ އިރުޝާދުތަކާއެކު އިމިގްރޭޝަން ކްލިއަރެންސް އެމީހަކު އަމިއްލައަށް ހޯދުމަށް ބަހައްޓާފައިވާ ގޭޓުތަކެކެވެ. އެގޮތުން، ފުރަތަމަ ބޯޑިން ފާހުގައިވާ ބާކޯޑު ސްކޭނަރގައި ޖައްސަވާ ރީޑުކުރުމުން، ދެން ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރގައި ޖައްސަވާ ރީޑްކޮށްލާނީއެވެ. އަދި ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރޕްރިންޓް ރީޑަރުގައި ޖައްސަވާލުމުން ގޭޓު ހުޅުވޭނެއެވެ. 'އީ-ގޭޓް'ގެ ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އަދި ޑިޕާޗަރ ހޯލުގައިވެސް ބޭނުންކުރެވޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް 'ސީމްލެސް ޓްރެވެލް'ގެ ޚިދުމަތް ފުޅާކޮށް، ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުންކަމަށް ވަނީ ބުނެފައެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް 'އިމުގާ ޓްރެވެލަރ ޑެކްލަރޭޝަން' ފޯމު ފުރަން ނުޖެހޭ ގޮތައް ހަދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.