Advertisement

ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ އޮފީހުގައި ----

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ

ރައީސް ޔާމީނުގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންނެވި، ޑރ. މުޙައްމަދު މުޢިއްޒާއި ދެކޮޅަށް ރައީސް ޔާމީނު ނުކުންނަވާފައިވާތީ، ސަރުކާރުން އެމަނިކުފާނު އަނބުރާ ޖަލަށް  ގެންދަން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ރައީސް ޔާމީނު ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްދިނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެެރިކަމުގައި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.

ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީނު މިނިވަންކޮށްދެއްވާނެކަމަށް، ޑރ. މުޙައްމަދު މުޢިއްޒު ސަޕޯޓަރުންނަށް ވަޢުދުވެވަޑައިގެންނެވި ނަމަވެސް ވެރިކަމުގެ ދެވަނަ ހަފްތާ ފެށުނު އިރުވެސް ރައީސް ޔާމީނު މިނިވަންކުރެއްވުމަށް، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. އޭގެ އިތުރަށް ވެރިކަން ލިބިވަޑައިގެންނެވުމާއި، އެކު ޑރ. މުޢިއްޒު ވަނީ ރައީސް ޔާމީން އެކަހެރިކޮށްލައްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީނު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. މިގޮތުން ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ނަމުގައި އެމަނިކުފާނު އުފައްދަވާ ޕާޓީގެ އޮފީސް، ޕީޕީއެމްގެ އޮފިސް ކުރިން ހިންގި ހ. ހުރަފައިގައި ޤާއިމްކޮށް އެއޮފީހަށް ރައީސް ޔާމީން ރޭ ވަނީ ވަޑައިގެންފައެެވެ.

ރައީސް ޔާމީނު، ކަރެކްޝަންސްއިން އެމަނިކުފާނަށް ދީފައިވާ ލުއިތަކާއި ޚިލާފަށް ޕާޓީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ޕްރެޝަރުތައް ކުރިމަތި ކުރައްވާތީ، ރައީސް ޔާމީނު އަނބުރާ ޖަލަށް ގެންދެވުމަށް ރައިސް ޑރ. މުޙައްމަދު މުޢިއްޒު ހޯމް މިނިސްޓަރ އަލީ އިޙްސާނަށް އަންގަވާފައިވާ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ފަތުރަމުންނެވެ. އަދި މިވާހަކަތަކާއި ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

ރައީސް ޔާމީނު އައު ޕާޓީއެއް އުފެއްދެވުމަކީ، ޑރ. މުއިއްޒުގެ ސަރުކާރަށް ވަރަށްބޮޑު ގޮންޖެހުމަކަށް ވާނެތީ، ރައީސް ޔާމީނު ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.