Advertisement

ފޮޓޯ: އެމްއޭސީއެލް

26 Nov 2023
ޚަބަރު
ޝިފްނާ އަޙްމަދް

އެމްއޭސީއެލްއަށް ދިގުމުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ 139 މުވައްޒަފެއްގެ އަގުވަޒަންކޮށްފިއެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޠާހާ ގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ހަފްލާގައި ޖުމްލަ 139 މުވައްޒަފަކަށް ވަނީ އެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް ހަދާނީ ފިލާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:

* 20 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 24 މުވައްޒަފުން

* 25 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 69 މުވައްޒަފުން

* 30 އަހަރު ހިދުމަތްކޮށްދެއްވާފައިވާ 35 މުވައްޒަފުން

* 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6  މުވައްޒަފުން

* 40 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 5 މުވައްޒަފުން

މީގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔާރ ކުރައްވާފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކޮށް ހަދާނި ފިލާ ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލް މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށެވެ. އެމް.އޭ.ސީ.އެލް އަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށް ޠާހާ ވިދާޅުވިއެވެ.

"މި ޒަމާނުގައި އެއްތަނެއްގައި 5 އަހަރު ޚިދުމަތް ކުރުމަކީ ދިގުމުއްދަތުކަމަށް އަޅުގަނޑުމެން ދެކެން. މިއަދުގެ ޖީލަކީ ތަފާތު މާހައުލުތަކުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް އަވަހަށް ހޯދަންބޭނުންވާ ޖީލެއް. އެއީ ހަގީގަތުގައި ވަރަށް ރަނގަޅުވެސް ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޚިދުމަތުގެ މުއްދަތު ކުރުވިޔަސް އަދި ދިގުވިޔަސް، މަސައްކަތަށް ޙާޟިރުވެ ހޭދަވާ ވަގުތަކީ ތިމާގެ 100% ދީގެން މަސައްކަތްކުރާ ވަގުތުކަމުގަ ހައްދަވާށޭ. ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ މީހާ ވަރަށް ފަސޭހައިން ކުރިއަރައިދާނެ ކަމެއް." ތާހާ ވިދާޅުވިއެވެ.

ރާއްޖޭގެ މައި އެއަރޕޯޓަކީ ދިވެހިން ފަޚުރުވެރިވާ އެއަރޕޯޓެއްކަމަށް ހެދުމަށް މަސައްކަތްކޮށްވުމަށާއި، އަދި އެއަރޕޯޓަށް އަންނަމުންދާ ޒަމާނީ ބަދަލުގައި ހިއްސާވުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް އުފަލެއްކަމުގައި ހެއްދެވުމަށް ޠާހާ އެދިވަޑައިގެންނެވިއެވެ. އަދި ވެލާނާ އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގެ އެއަރޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިއްމުކަންވެސް ތާހާ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ އެމް.އޭ.ސީ.އެލްގައި ހަތަރުހާހާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.