Advertisement

ޑރ. މުޙައްމަދު ޖަމީލް އަޙްމަދު -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން މިފައްޓަވާ ސިޔާސީ ދަތުރު ވެގެންދާނީ ރާއްޖެ ބަދަލުކޮށްލާނެ ދަތުރަކަށް: ޑރ.ޖަމީލް

އައު ސިޔާސީ ޕާޓީއެއް އުފައްދަވައި، ރައީސް ޔާމީން މިފައްޓަވާ ސިޔާސީ ދަތުރު ވެގެންދާނީ ރާއްޖެ ބަދަލުކޮށްލާނެ ދަތުރަކަށްކަމުގައި، ރައީސް ޔާމީނުގެ ފުރަތަަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ، ރައީސް ޔާމީނު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ އައު ސިޔާސީ ޕާޓީ އުފެއްދުމާއި ގުޅޭ ގޮތުން މިއަދު އިލެކްޝަންސް މިޝަނާއި ބައްދަލު ކުރެއްވުމަށް ފަހުގައި، ރާއްޖޭގެ މީޑިއަތަކާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލް ވިދާޅުވީ، ރައީސް ޔާމީނުގެ އަސްލު ހަޤީޤީ ވަފާތެރިންނާއި، އަސްލު ހަޤީޤީ އެކުވެރިންނާއި އެކީގައި މިފަށާ ސިޔާސީ ދަތުރުވެގެންދާނީ، ދިވެހިރާއްޖެ ބަދަލުކޮށްލާނެ ސިޔާސީ ދަތުރަކަށް ކަމަށެވެ. 

މީގެ އިތުރުން ޑރ. ޖަމީލް ވަނީ، އިންތިޚާބު ކާމިޔާބު ކުރެވުމަށްފަހުގައި، ރައީސް ޔާމީނާއި މެދު ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުން ޢަަމަލުކުރި ގޮތުގެ ވާހަކަވެސް ވިދާޅުވެފައެވެ. ޑރ. ޖަމީލް ވިދާޅުވީ، އެބޭފުޅުން ރައީސް ޔާމީނުގެ އަރިހަށް ވަޑައި ނުގަންނަވާ ކަމަށާއި، އަދި ޝުކުރުގެ ބަހެއްވެސް ބުނެ ނުލާ ކަމަށެވެ. އަދި މިއަދު އެބޭފުޅުން އެތިއްބެވި ގޮތް ދިވެހިރައްޔިތުންނަށް އެވަނީ ފެނިފައި ކަމުގައިވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ރައީސް ޔާމީނުގެ ހިޔަނީގައި ކަމީ ހުރިހާ ފަރާތްތަކުންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. އެހެން ނަމަވެސް އިންތިޚާބު ކާމިޔާބު ވުމާއިއެކު، ޑރ. މުޙައްމަދު މުޢިއްޒުގެ ރާގާއި ބަސްަމަގު ވަނީ ބަދަލުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.