Advertisement

ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަންސް

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން އެންމެ ލޯބިފުޅުވާ ޕާޓީ ބަޔަކު ވަނީ ފޭރިގެންފައި: މަލީހް

ކުރީގެ ރައީސް ޢަބުދުޓ ޔާމީން ޢަބުދުލްޤައްޔޫމް އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވީ، އެމަނިކުފާނު އެންމެ ލޯބިފުޅުވާ ޕާޓީ ބަޔަކު ފޭރިގެންފައިވާތީ ކަމުގައި، އައު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ރައީސް ޔާމީން އުފައްދަވާ އައު ޕާޓީ، ޕީޕަްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމަށްފަހުގައި، ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަލީހް ވިދާޅުވީ، ރައީސް ޔާމީނުގެ އަތްޕުޅުން ޕާޓީ ފޭރިގެންފައިވާތީ އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރިކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަތުން އެމަނިކުފާނުގެ ޕާޓީ ވަނީ ބަޔަކު ވަގަށް ނަގާފައި ކަމުގައިވެސް މަލީޙް ވިދާޅުވިއެވެ. އަދި އެކަމުގެ އެންމެ އަޑީގައި ހުރީ ޢަބުދުއްރަހީމް ކަމަށާއި، ވަރަށް ހިތާމަޔާއިއެކު އެކަން ފާހަގަކުރައްވާކަމުގައިވެސް މަލީޙް ވިދާޅުވިއެވެ.

"އެއީ އެކަން ވާނެ ގޮތެއް ނޫން. ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންތަކެއްގެ ހިތުގެ ލޯތްބާ، އިޙްތިރާމް އޮތް ސިޔާސީ ލީޑަރަކީ، ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް. ފާއިތުވި 5 އަހަރެއްހައި ދުވަހުގެ ތެރޭގައި، އެމަނިކުފާނަށް އެކި ގޮތްގޮތުން، ވަރަށް ބޮޑެތި ގޯނާތައް ކުރަމުން އެދަނީ. ސިޔާސީ މަޝްރަޙްގައި ހަރަކާތްތެރިވާ ވަރަށް ގިނަ ފަރާތްތައް، އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް އެމަނިކުފާނަށް ކުރިމަތިވެގެން ގޮސްފައި ވަނީ، ރާއްޖޭގެ ސްޕްރީމްކޯޓުން ނިންމި ބޭ އިންސާފު ޝަރީޢަތުގެ ސަބަބުންކަން އަޅޫގަނޑު ފާހަގަކުރަން. އެކަމުގެ ސަބަބުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު މިވަނީ ގެއްލިފައި."

މުޙައްމަދު މަލީޙް ޖަމާލް --

މަލީހް ވިދާޅުވީ، މިވަގުތަކީ، ރައީސް ޔާމީނަށް ތާއީދު ކުުރައްވާ ފަރާތްތަކުން އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލްސް ފްރޮންޓްއާ ގުޅިވަޑައިގަންނަވަންވީ ވަގުތު ކަމަށެވެ. އަދި ޕީޕިއެމް ޕީއެންސީގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންގެ ފަރާތްޕުޅުން އެމަނިކުފާނު އެކަމަށް އެދިވަދައިގަންނަވާ ކަމުގައިވެސް މަލީހް ވިދާޅުވިއެވެ.

ރައީސް ޔާމީނު އަލަށް އުފައްދަވާ، ޕާޓީގެ މުއައްސިސަކީ، ރައީސް ޔާމީނުގެ ދަރިކަލުން، ޒެއިން ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމެެވެ. މަލީޙް ވިދާޅުވި ގޮތުގައި ޒެއިންއަށް ހުއްދަދޫކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގައި އެދެން ޖެހުނީ، އިލެކްޝަންސް ކޮމިޝަންގެ ޤަވާއިދު އޮންނަ ގޮތުން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށައެޅެނީ އެންމެ ބޭފުޅެއްގެ ނަމުގައި ކަމަށް ވާތީއެވެ. އެހެން ނަމަވެސް ކުރިޔަށް އޮތްތަނުގައި ޕާޓީގެ މުއައްސިސުންގެ ގޮތުގައި 8 ބޭފުޅަކު ފެނިގެންދާނެ ކަމުގައި މަލީޙް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.