Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

26 Nov 2023
ޚަބަރު
ނޫން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އެންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން: ނަޝީދު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލަން އެންގުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާކަމަށް, ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ, ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ކުރިޔަށްދޔަ ސެމިނާއެއްގެ ހަވާސާގައި އިންޑިއާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވަބު ދެއްވަމުންނެވެ.

އައު ސަރުކާރު އައުމުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ކުރާނެ އަސަރަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ, އަލަށް އުފެދުނު ސަރުކާރުން ގެންގުޅޭނީ ތަފާތު ޚާރިޖީ ސިޔާތެއް ކަމަށާއި, ނަމަވެސް އެކަމުން އިންޑިއާ އޮތް ގުޅުން ހީނަރުވެގެންދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ, އެއީ ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ރާއްޖޭގެ މުސްތަޤްބަލު އޮތީ އިންޑިއާ ފަދަ ބާރަކާއެކު މަސައްކަތްކޮށްގެން ކަަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ, މިއަދުގެ އައު ސަރުކާރުން އިންޑިއާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އިންޑިއާއިން ވެސް ސަރުކާރާއެކު ގުޅުން ބަދަހިކުރުމަށް ރައީސް ނަޝީދު ވަނީ އެ ޤައުމަށް ގޮވާލައްވާފައެވެ.

ރައީސް ޑރ. މުޢިއްޒުުގެ ސަރުކާރުން ވަނީ, ސަރުކާރުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ. ރާއްޖޭގައި އިންޑިއާއިން އޮޕްރޭޓް ކުރާ ދެ ކޮލިކޮޕްޓަރާއި ޑޯނިއާ ދުއްވުމަށް 77 ސިފައިން ޤާއިމްވެ އެބަތިއްބެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.