Advertisement

ރައީސް ޑރ. މުޢިއްޒާއި ޖުމްހޫރީޕާޓީގެ މެމްބަރުން ބައްދަލުކުރެއްވުން --

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ނަހުލާ ޖުމްހޫރީ ޕާޓީގެ ޓީމެއް ގޮވައިގެން ރައީސް ޑރ. މުއިއްޒުގެ އަރިހަށް!

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ، ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންގެ ޓީމެއް ގޮވައިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައި އެމަނިކުފާނާއި ބައްދަލުކުރައްވައިފިއެވެ.

އެނގިފައިވާގޮތުގައި މިބައްދަލު ކުރެއްވުން އޮތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅު މާފަންނު ދިމްޔާތުގައި ރޭގެ އިރާކޮޅުގައެވެ.

މިބައްދަލުކުރެއްވުމުގައި، ޖުމްހޫރީޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ރައިސް، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިސްބޭފުޅުންނާއި ޕީޕިއެމް ޕީއެންސީގެ ސެނެޓުގައި ހިމެނޭ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މިބައްދަލުކުރެއްވުން ބޭއްވިކަން ޖުމްހޫރީޕާޓީން ހާމަކުރި ނަމަވެސް ބައްދަލުވުމާއި ގުޅޭ ގޮތުން އެޕާޓީންވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ރޭގެ ބައްދަލުވުމަކީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރޕާޓީން ސަރުކާރާއި ގުޅިގެން ކުރިޔަށް ދިޔުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ރޭގެ ބައްދަލުވުމުގައި ޕީޕީއެމްއަށް 2018 ވަނަ އަހަރު ވެރިކަން ގެއްލުމުން އެޕާޓީ ދޫކޮށް ދިޔަ މެމްބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިޙާން ހުސައިން މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ބައިވެރިވެވަޑައިގަތެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް، ރިޔާސީ އިންތިޚާބުގައި ލިބުނު އާދަޔާޚިލާފު ބޮޑު ނާކާމިޔާބަށް ފަހުގައި، ޖުމްހޫރީޕާޓީގެ ހަރަކާތްތައް އޮތީ މުޅިންހެން ހުއްޓިފައެވެ. އަދި އެޕާޓީ އުވާލައި، ޕީޕީއެމްއާ ޕީއެންސީއަށް ޕާޓީގެ މެމްބަރުން ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް، ޖުމްހޫރީ ޕާޓީން ވަނީ ދޮގުކޮށްފައެވެ. އެހެން ނަމަވެސް ޤާސިމް އިބްރާހީމަށް ލިބުނު ސިޔާސީ ބޮޑު ނާކާމިޔާބީއަށް ފަހުގައި، ޖުމްހޫރީޕާޓީގެ ކުރިމަގު އޮތީ ސުވާލުތަކެއްގެ ތެރޭގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.