Advertisement

މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގެ ތެރެއިން ---

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބަށް ޕީޕީއެމާއި ޕީއެންސީން އެކުގައި ނިކުންނަށް ނިންމައިފި

ޕީޕީއެމް ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ނިންމައިފި ކަމުގައި އެދެޕާޓީން ބުނެފިއެވެ.

ޕީޕިއެމްއިން މިކަން ހާމަކުރީ، މިރޭ ބޭއްވި އެޕާޓީގެ ސެނެޓުގެ ބައްދަލުވުމަށް ފަހުގައެވެ. ޕީޕީއެމްއިން ބުނީ އެނިންމުން ނިންމާފައި ވަނީ، ޕީޕީއެމްގެ ސެނެޓުގެ އިއްތިފާޤުން ކަމަށެވެ. އަދި މަޖިލިސް އިންތިޚާބާއި ގުޅޭ ދެންހުރި ކަންކަން ނިންމާނީ ދެޕާޓީގެ ޖޮއިންޓް ސެނެޓުން ކަމުގައި ހަމަޖައްސާފައިވާ ކަމުގައިވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ އެޕާޓީގެ ދެ ނައިބު ލީޑަރުންކަމުގައިވާ، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމާއި، ޑިފެންސް މިނިސްޓަރ ޣައްސާާނު މައުމޫނެވެ. 

ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޔާމީނު ވަނީ ބުރާސްފަތި ދުވަހު ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުވެސް އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާއިރު، އައު ޕާޓީއެއް ރައީސް ޔާމީނު އުފެއްދެވުމުގެ ބޭނުންފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވުންކަމުގައި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.