Advertisement

ޣައްޒާ --

18 Nov 2023
ދުނިޔެ

ހަމާސްއިން އިޒްރާއީލުގެ 62 މިލިޓަރީ ވެހިކަލް ހަލާކުކޮށްލައިފި

ފާއިތުވި 4 ދުވަހުގެ ތެރޭ އިޒްރާއީލުގެ 62 މިލިޓަރީ ވެހިކަލް ހަލާކުކޮށްލެވިފައިވާ ކަމުގައި ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

ޙަމާސް ޖަމާޢަތުގެ ތަރުޖަމާނު އަބޫ އުބެއިދާ ވިދާޅުވީ، ޣައްޒާއަށް ވަންނަ އިޒްރޭލުގެ ޓެރަރިސްޓް ސިފައިންނާއި، ޙަމާސްގެ މުޖާހިދުން ދަނީ ކުރިމަތިލަމުން ކަމަށެވެ.

މިލިޓަރީ ވެހިކަލްތަކަށް މުޖާހިދުން ދިން ހަމަލާތައް ދިނުމުގެ ދަބަ އޮޕަރޭޝަންގައި އިޒްރާއީލް ޓެރަރިސްޓް ސިފައިންގެ ތެރެއިން މަދުވެގެން 9 މީހަކު މަރުވެފައިވާ ކަމުގައިވެސް ޙަމާސްއިން ވަނީ ބުނެފައެވެ. މިގޮތުން ބެއިތު ހަނޫންގައި އިޒްރާއިލް ޓެރަރިސްޓް ސިފައިން މަރުކަޒު ހަދައިގެން ތިބި އިމާރާތެއް ގޮއްވާލައި އެންމެން މަރާަލާފައިވާ ކަމުގައިވެސް ޙަމާސްއިންވަނީ ބުނެފައެވެ.

އިޒްރޭލުން ޣައްޒާއަށް ޙަމަލާދޭތާ،40 ދުވަސް ވީއިރު، އިޒްރޭލުގެ ސިފައިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 11000 ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
17 Oct 2024
ޚަބަރު
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިޒްރާއީލުން ބުނެފި
ސިންވާރުގެ ޝަހީދުވެފައިވާ ހަށިގަނޑުކަމަށް ބުނާ ހަށިގަނޑެއްގެ ފޮޓޯ، މިހާރު ދަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ. އެފޮޓޯގައި ފެންނަ ހަށިގަނޑަށް ބަލާއިރު، އެއީ ޔަޙްޔާ ސިންވާރުގެ ހަށިގަނޑުކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވޭކަމަށް އީރާނުގެ ޚަބަރުތައް ގެނެސްދޭ ބައެއް މަސްދަރުތަކުންވެސް ބުނެފައިވެއެވެ.
17 Oct 2024
ޚަބަރު
މިއަހަރުގެ ސުޕަރ މޫން ފެންނާނީ މިރޭ: ރައީސް މައުމޫން
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މައުމޫން ވިދާޅުވީ، މިއަަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ފެންނާނީ މިރޭ ކަމަށާއި، މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި ކަމަށެވެ. އަދި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައިކަމަށާއި ހަނދު ބަލާލެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
17 Oct 2024
ޚަބަރު
ހުރަވީ ސްކޫލުގެ ދަރިވަރު ނިޔާވާން ދިމާވި ހާދިސާ ހިނގިގޮތް ހާމައެއް ނުކުރި
ނިޔާވި ކުއްޖާއަކީ ކުރިން އެއްވެސް ޞިއްޙީމައްސަލައެއް ހުރި ކުއްޖެއްތޯ ނުވަތަ ނޫންތޯ ސުވާލު ކުރުމުން އެމިނިސްޓްރީން ވިދާޅުވީ އެސުވާލަށް ޖަވާބުދޭން ބޭނުން ނުވާކަމަށެވެ. އެހެންނަަމަވެސް ނިޔާވި ދަރިވަރަކީ، ހުރަވީ ސްކޫލުގެ ގްރޭޑް 7 ގައި ކިޔަވަމުން އައި ދަރިވަރެއް ކަމުގައި މިނިސްޓްރީން ވިދާޅުވިއެވެ. ނިޔާވި ދަރިވަރަކީ، އުމުރުން 13 އަހަރުގެ ފާޠިމަތު ޝިމާ މުޙައްމަދެވެ.
17 Oct 2024
ޚަބަރު
ސްކޫލުގައި ހުއްޓައި ހުރަވީ ސްކޫލުގެ ކުއްޖަކު ނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ހެނދުނު ދަންފަޅީގެ ދަރިވަރަކަށް ޞިއްޙީ މައްސަލައެއް ދިމާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.