Advertisement

ހަމާސްގެ ބެލުމުގެ ދަށުގައި ވަނިކޮށް މަރުވި އިޒްރޭލު މީހާ.

18 Nov 2023
ދުނިޔެ

ޙަމާސްއިން އަސީރެއްގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހަކު މަރުވެއްޖެ

ޙަމާސްއިން އަސީރެއްގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވާ މީހަކު މަރުވެއްޖެކަމުގައި ހަމާސްއިން ހާމަކޮށްފިއެވެ.

ޙަމާސްއިން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައި ވަނީ، އޮކްޓޫބަރު 7 ވަނަ ދުވަހު، ޙަމާސްއިން، އިޒްރޭލުން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅެމުން ދިޔަ މީހުންގެ ތެރެއިން ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ހަމާސްއިން ޣައްޒާއަށް ގެންދިޔަ، އަރީހް ޒަލްމެން ޒްމޮނޮވިޗް ނަމަކަށް ކިޔާ އުމުރުން 86 އަހަރުގެ މީހެކެވެ. ޙަމާސްއިން ބުނީ، ހިތުގެ ބަލިހުންނަ އެމީހާ މަރުވީ، ހާޓްއެޓޭކެއްޖެހި އައިސީޔޫގައި ފަރުވާދިނުމަށްފަހުގައި، ހާލަތު ރަނގަޅުވަމުން އަންނަނިކޮށް، އޭނާ ބަންދުކޮށްފައިވާ ތަނަށް އިޒްރާއީލުން ބޮންއަޅަމުން ދިޔުމާއި ގުޅިގެން ޕެނިކްއެޓޭކެއްވެސް ޖެހުމަށްފަހުގައެވެ.

ޙަމާސްއިން އިންވަނީ އޭނާއަށް ފަރުވާދެމުން ދިޔައިރުގެ ވީޑިއޯ އާއި މަރުވެފައިވަނިކޮށް ނަގާފައިވާ ވީޑިއޯވެސް އާއްމުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.