Advertisement

ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

17 Nov 2023
ޚަބަރު

ޕްރިންސިޕަލުން ތަމްރީން ކުރުމުގެ 2 ވަނަ ބުރުގައި 6 ޕްރިންސިޕަލަކަށް ފުރުސަތު

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ސްކޮލަރޝިޕްގެ 2 ވަނަ ބުރުގައި ސްކޮލަރޝިޕް ލިބުނު ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކޮށްފިއެވެ.

ސްކޮލަރޝިޕް ލިބުނު ޕްރިންސިޕަލުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރެވެ. ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީނު ކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލެއްވީ މިދިޔަ ޖޫންމަހުއެވެ. އެބުރުގައި ސްކޮލަރޝިޕްގެ 10 ފުރުސަތު ހުޅުވާލިއެވެ. އަދި މިއަދުވަނީ އެސްކޮލަރޝިޕް ލިބުނު 6 ޕްރިންސިޕަލަކަށް އެކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީންކުރުމުގެ މަސައްކަތުގެ ދަށުން ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރީ މިދިޔަ އަހަރު ތެރޭގައެވެ. މިސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިއާގެ ޔުނިވަރސިޓީއަކުން 17 ޕްރިންސިޕަލަކު ވަނީ މާސްޓާރސް ފެންވަރަށް ތައުލީމް ހާސިލުކޮށް، ސްކޫލްތައް ހިންގުމަށް ހަވާލުވެފައެވެ.

މިސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސެއް އަދި ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައެވެ. ސްކޮލަރޝިޕަށް ހޮވޭ ޕްރިންސިޕަލުން ކިޔެވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.