Advertisement

16 Nov 2023
ކުޅިވަރު

ވޯލްޑް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ އިންޑިއާއިން ކަށަވަރުކޮށްފި

މިހާރު އިންޑިއާގައި ކުރިޔަށްދާ އައިސީސީ މެންސް ކްރިކެޓް ވޯލްޑް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އިންޑިއާ އާއި ނިއުޒީލެންޑް ބައްދަލުކުރި މެޗު 70 ލަނޑުން ކާމިޔާބުކޮށް، ވޯލްޑް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ އިންޑިއާއިން ކަށަވަރުކޮށްފިއެވެ. މިއީ 2011 ވަނަ އަހަރަށްފަހު އިންޑިއާއިން ވޯލްޑް ކަޕް ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ. އެ އަހަރު އިންޑިއާއިން ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި ސްރީލަންކާއާއި ދެކޮޅަށް ކުޅެ، މިރޭގެ މެޗު ކުޅުނު މުމްބާއީގެ ވަންކެޑެ ސްޓޭޑިއަމްގައި ސްރީލަންކާ ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެން ނިކުތީ އިންޑިއާއިންނެވެ. އިންޑިއާއިން 4 މީހުން ނުބައިވެގެން 397 ލަނޑު ހެދިއެވެ. މިއީ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗެއްގައި އެންމެ ގިނައިން ލަނޑު ހެދުނު އަދަދެވެ.

އިންޑިއާ ޓީމުން ސެމީ ފައިނަލް މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ވިރާތް ކޯލީ، މުޙައްމަދު ޝާމީ އަދި ޝްރެޔަސް އިޔާ އެވެ. މި މެޗުގައި ވިރާތް ކޯލީ ހެދި ސެންޗަރީއާއެކު އޭނާ މިވަނީ "ވަން ޑޭ އިންޓަނޭޝަނަލް" (އޯޑީއައި) ގައި ޖުމްލަ 50 ސެންޗަރީ ހަމަކޮށް، އެންމެ ގިނަ ސެންޗަރީ ހަދާފައިވާ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ކޯލީގެ އިތުރުން ޝްރެޔަސް އިޔާ ވެސް ވަނީ އެންމެ 67 ބޯޅައިން ސެންޗަރީއެއް ހަމަކޮށްފައެވެ.

އިންޑިއާގެ ކުޅަދާނަ ބޯލަރު، ޝާމީ ވަނީ 57 ބޯޅައަށް 7 ވިކެޓު ނަގާފައެވެ. އަދި 6 މެޗުން ނެގި 24 ވިކެޓާއެކު މި މުބާރާތުގައި އެންމެ ގިނަ ވިކެޓު ނެގި ކުޅުންތެރިޔާއަކީ އޭނާއެވެ.

ކްރިކްޓް ވޯލްޑް ކަޕް އިންޑިއާ އިން ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ. އެންމެ ފަހުން ކާމިޔާބުކުރީ 2011 ވަނަ އަހަރު، އިންޑިއާ އަދި ސްރީލަންކާގައި ބޭއްވި މުބާރާތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.