Advertisement

ޗެލްސީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

13 Nov 2023
ކުޅިވަރު

ޗެލްސީއިން ސިޓީ އޮބިއެޅިއިރު، ޓޮޓެންހަމް ބަލިވުމުން ލިވަޕޫލް ދެވަނައަށް

އާދީއްތަ ދުވަހުގެރޭ ޗެލްސީގެ ސްޓެމްފަރޑް ބްރިޖުގައި ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗު 4-4 ން އެއްވަރުވެ، ލީގުގެ އެއްވަނައިގައި ސިޓީއަށް އޮތް ލީޑު ހަނިވެއްޖެއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ސިޓީއިން ލީޑު ނަގާފައިވަނިކޮށް، އިތުރު މިނެޓުގައި ޗެލްސީއަށް އެއްވަރުކޮށްދިނީ، މެޗުގެ 90 ވަނަ މިނެޓުގައި ކުޅެން ނިކުތް އަރްމާންޑޯ ބްރޯހާއަށް ރޫބެން ޑިއާޒްކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާއެވެ.

ޖުމްލަ 8 ގޯލު ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-2 ން އެއްވަރުވެގެނެވެ. ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އާރލިންގ ހާލަންޑް އެ ޓީމަށް ލީޑު ނަގާދީފައިވަނިކޮށް، ތިއާގޯ ސިލްވާ އަދި ރަހީމް ސްޓާލިންގެ ގޯލުތަކުން ޗެލްސީއިން މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ސިޓީއަށް ލިބުނު ކޯނަރެއްގެ ބޭނުންހިފައި، ސިޓީގެ ޑިފެންޑަރު މެނުއަލް އަކަންޖީ މެޗު ހަމަހަމަކުރިއެވެ.

ދެވަނަ ހާފު ފަށާ މާ ގިނައިރުތަކެއް ނުވެ، ހާލަންޑު އަނެއްކާވެސް ސިޓީއަށް ލީޑު ނަގާދިނެވެ. އޭގެ ފަހުން ޗެލްސީގެ ނިކޮލަސް ޖެކްސަން ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިންތަނާ، މެޗުގެ 86 ވަނަ މިނެޓުގައި ރޮޑްރީގެ ގޯލަކުން ސިޓީ ތިންވަނަ ފަހަރަށް ލީޑު ނެގިއެވެ. އަދި އެއަށްފަހު ޗެލްސީއިން ތިން ވަނަފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޕާމާއެވެ.

ލިވަޕޫލުން ލީގުގެ ދެވަނައަށް ކުރިޔަށް ޖެހެލީ، އާދީއްތަ ދުވަހު 3-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑު ބަލިކޮށް، 27 ޕޮއިންޓު ހޯދައިގެންނެވެ. މި މެޗުގައި ލިވަޕޫލްގެ މުޙައްމަދު ޞަލާހް ކާމިޔާބުކުރި 2 ގޯލާއިއެކު، އޭނާ މިވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި 200 ގޯލު ހަމަކޮށްފައެވެ. އަދި، އެއް ސީޒަނެއްގައި، އަމިއްލަ ދަނޑުގައި، ޖެހިޖެހިގެން ފުރަތަމަ ހަ މެޗުން ގޯލު ކާމިޔާބުކުރި ހަމައެކަނި ލިޕޫލްގެ ކުޅުންތެރިޔާގެ ރެކޯޑުވެސް މި ވަނީ އޭނާ ހޯދާފައެވެ.

ލީގުގެ ތިން ވަނައިގައި އޮތް އާސެނަލްއަށް ވެސް ލިބިފައިވަނީ 27 ޕޮއިންޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.