Advertisement

07 Mar 2021
ރިޕޯޓް
ޢަލީ ސުލައިމާން

މާދަމާގެ ޖީލުގެ ދަރީންގެ ރައްކަލަށްޓަކައި މިއަދު އަހަރެމެން ވެކްސިން ޖަހަމާ!

ސަރަހައްދުގެ ނިސްބަތުން ދިވެހިރާއްޖެއަކީ އަސާސީ ސިއްޙީ ފަރުވާގައި ނަމޫނާ ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެކެވެ.

ސާސްކަފްގެ ލަނޑު ދަނޑިތަކާއި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ. މީގައި އެންމެ މުހިއްމު ބައެއް އަދާކުރީ ވެކްސިނެވެ.

ވެކްސިނަކީ ކޮންއެއްޗެއް؟

ބޭސްވެރިކަމުގެ ދުނިޔޭގައި ވެކްސިނަކީ، ބޮޑެތި ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް އެންމެ މުޖައްރިބު ފަރުވާއެވެ. މިފަރުވާ ދުނިޔެއަށް ތަޢާރަފްކުރީ، ޗައިނާގެ ބޭސްވެރިންނެވެ. ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ވެކްސިނަކީ ކަށިވިދުރިއަށް ޗައިނާގެ ބޭސްވެރިން އުފެއްދި ވެކްސިނެވެ.

1870-1875އަށް މުޅި ދުނިޔެއަށް ކަށިވިދުރި ފެތުރި ޢާލަމީ ވަބާއެއްގެ ގޮތުގައި ކަނޑައެޅުނު އިރު، މުޅި ދުނިޔެއިން 300 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. ގާތް ގަނޑަކަށް 115 އަހަރަށް ފަހު މުޅި ދުނިޔެއިން ކަށިވިދުރި ނައްތާލެވުނުކަން އިއުލާނުކުރީ 1980 ވަނަ އަހަރުއެވެ.

ރާއްޖެއަށް ވެސް އެންމެ ފުރަތަމަ ގެނެވުނު ވެކްސިނަކީ، ކަށި ވިދުރިއަށް ޖަހާ ވެކްސިން. މިއަދު އަޅުގަނޑުމެން ކަށިވިދުރިން ރައްކާތެރިކޮށްދީފައި މިވަނީ، ކާފަ މާމަމެން ވެކްސިން ޖަހައި، ކަށި ވިދުރި ދުނިޔެއިން ނައްތާލުމުގައި އަދާކުރި ދައުރުގެ ސަބަބުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާފައި ވަނީ 1960 ވަނަ އަހަރުއެވެ. ޤައުމީ ވެކްސިންގ ޕްރޮގްރާމްގެ ތެރެއިން 1972 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެކްސިން ދެމުން އަންނައިރު، ބޮޑެތި ބަލިތައް ނައްތާލެވި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ލިބުނު އެންމެ ބޮޑު ވަސީލަތަކީ ވެކްސިނެވެ. ރާއްޖެއިން މިހާރު މުޅިން ނައްތާލެވިފައިވާ ބަލިތަކުގެ ތެރޭގައި މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ އަދި ހިމަބިހި ހިމެނެއެވެ.

ރާއްޖޭގެ ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމްތަކުގެ ތެރެއިން އުފަންވާ ވަގުތުން ވެކްސިންދޭން ފެށެއެވެ. އަދި ރަސްމީ ތައުލީމުގެ ނިޒާމުގެ ގެ ތެރެއަށް ކުއްޖާ ވަންނައިރު ވެކްސިންގ ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރެވޭ. ާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި 2019 ވަނަ އަހަރު ރާއްޖެއިން އަލުން ފެނުނީ، ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުޑަކުއްޖެއްގެ ފަރާތުންނެވެ. މިހެންވީ ކީއްވެ؟ ކޮންމެ ތަނެއްގައިވެސް ޚިޔާލު ތަފާތު މީހުން އުޅޭ. ވައިރަހުގެ ނުރައްކަލަށް ވުރެ ބައެއް ފަހަރު މީހުންގެ ވިސްނުމާއި ފިކުރު އަދި ހަޤީޤަތެއް ނެތް ވާހަކަ ފަތުރާ ފަރާތްތަކުގެ ސަބަބުން މުޖުތަމައަށް ނުރައްކާވެއެވެ. ވެކްސިން ޖެހުމާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން ދައްކާ ވާހަކަތަކުގައި އޮއްޓަރެއް ނެތަސް އެކަން ޤަބޫލުކޮށްގެން ބައެއް މީހުން ވެކްސިން ނުޖެހުމުގެ ސަބަބުން ވެކްސިންގެ ސަބަބުން ލިބޭ ހަޤީޤީ ރައްކާތެރިކަން މުޅި މުޖުތަމައަށް ލިބުމަށް ހުރަސް އެޅެއެވެ. ކޯވިޑް-19ގެ އާލަމީ ވަބާއިން އަރައިގަތުމަށް، ވެކްސިން ޖަހައި ދިނުމަށް ކުރަންޖެހޭ މަސައްކަތަށް ވުރެ ވެކްސިނާއި ދެކޮޅު މީހުން ފަތުރާ ވާހަކަތަކުގައި ހަޤީޤަތެއް ނެތްކަން ބުނެދޭން ސިއްޙީ މާހިރު ވަނީ އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

ވެކްސިނާއި މެދު ޝައްކު އުފައްދާ މީހުންގެ ބޭނުމަކީ ވެކްސިން ޖެހުމާއި މީހުން ދުރުކުރުވުމެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާގައި އުފައްދާފައިވާ ވެކްސިނަކަށްވާތީވެސް ވެކްސިނާއި ދެކޮޅު ހަދާ މީހުން އެބަތިއްބެވެ. ވެކްސިން އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓަކީ، ދުނިޔޭގައި އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ ވެކްސިން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ކުންފުންޏެވެ. އެކުންފުނިން އުފައްދަނީ އޮކްސްފޯޑް ޔުނިވަރސީޓީ އާއި އެސްޓްރާޒެނަކާ ގުޅިގެން އުފައްދާފައިވާ ވެކްސިނެވެ. އެވެކްސިނަށް ޑަބުލިޔު އެޗްއޯއިން ހުއްދަދީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

ކޯވިޑް-19ގެ ވެކްސިންގ ޖެހުމުގެ ކެމްޕޭނަށްވެސް އޮތް ހުރަހަކީ، ވެކްސިންޖެހުމާއި ދެކޮޅު މީހުން ފަތުރާ ހަޤީޤަތެއް ނެތް ވާހަކަތަކެވެ. މުޅި ދުނިޔޭގައިވެސް އެންމެ ވަރުގަދައަށް މިހާރު ހިނގަނީ މިހަނގުރާމައެވެ. ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖަހަން ފަށާފައިވަނީ ފެބުރުއަރީ 1 ގައެވެ. ރާއްޖޭގެ އާބާދީގައި ހިމެނޭ 1 ލައްކައަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވެކްސިން ދެވިފައެވެ.

ވެކްސިން ޖަހައިގެން ކާފަ މާމަމެން އަހަރެމެން ސަލާމަތްކޮށްދިނީ ކަށިވިދުރި އާއި ޕޯލިއޯ އާއި ފައިލޭރިއާ ފަދަ ބަލިތަކުންނެވެ. މާދަމާގެ ޖީލު އުފަލުގައި ދިރިއުޅުމަށްޓަކައި، ކޯވިޑް-19 ނައްތާލައި ދޭން މިޖެހެނީ މިޖީލުގެ ދަރީންނަށެވެ. އެކަން ކުރެވެން އޮތީ އެންމެން ވެކްސިން ޖަހައިގެންނެވެ. ވެކްސިންޖެހުމާއި ދެކޮޅަށް ފަތުރާ ހަޤީޤަތެއް ނެތް ވާހަކަތަކަށް ބީރު ކަންފަތެއް ދީގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.