Advertisement

08 Nov 2023
ދުނިޔެ

ބައިޑަން ބޭނުންވަނީ ހަނގުރާމަ 3 ދުވަހަށް މަޑުޖައްސާލުމަށް: ދުވަސް 32

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 32 ވަނަ ދުވަސް،07 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ރިޕޯޓުތައް ބުނާގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހަނގުރާމަ 3 ދުވަހަށް މެދުކަނޑާލުމަށް ނަތަންޔާހޫއަށް ގޮވާލާފަ. އަދި މި ކަމުގައި ބައިޑެންގެ ބޭނުމަކީ ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމާގުޅޭ މަޝްވަރާތައް ކުރުންކަމަށްވެސް އަޑު ފެތުރޭ.

🔴 ހަނގުރާމައަށްފަހު ޣައްޒާގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުންކަމަށް އެ ގައުމުގެ ޕްރައިމް މިނިސްޓަރ ނަތަންޔާހޫ ލަފާ ދިނަސް، އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓު ބުނީ އެކަންކުރާނީ އިސްރާއީލުން އަދި ހަމާސްއިން ވެސް ނޫންކަމަށް. ނަމަވެސް މިކަމުގައި ދިފާއީ ވަޒީރުގެ އިތުރު ވިސްނުމެއް ހާމަކޮށްފައެއް ނުވޭ.

🔴 ނަތަންޔާހޫ ބުނާ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ދައްކަންވާނީ ހަމާސް އިން ރަހީނު ކޮށްފައި ތިބި އިސްރާއީލުގެ މީހުން ދޫކޮށްލުމަށްފަހު. އަދި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓު ބުނީ އެ ގައުމުގެ އަސްކަރިއްޔާއިން މިހާރު ޣައްޒާގެ މައި ސަރަހައްދަށް އަރާފައިވާކަމަށް

🔴 ޣައްޒާގެ އެތައް ހާސް ބަޔަކު މަރު ވަމުން ދިޔަ ނަމަވެސް، ވައިޓް ހައުސް އިން ބުނީ އިސްރާއީލުގެ އަމަލުތަކަށް ވަކި ހައްދެއް ކަނޑައެޅުމަށް އެމީހުން ނުވިސްނާކަމަށް

🔴 ތެލާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ތަކެތީގެ ދަތިކަމާ ހެދި މިހާރު ޣައްޒާގެ މަދު ހޮސްޕިޓަލްތަކެއް އޮޕަރޭޓްކުރަމުންދާއިރު، އިންސާނީ އެހީގެ ކޮންވޯއީއެއް ޣައްޒާ ސިޓީއަށް އިއްޔެ ގޮސްފައިވާކަމަށް ރެޑް ކްރެސެންޓުން ބުނޭ

🔴 މި ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 10،328 އަރާކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ހާމަކުރޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.