Advertisement

ސްޕާސްގެ ރޮމެރޯ ކުރި ފައުލަށް އޭނާއަށް ރަތް ކާޑު ދައްކަނީ ---

07 Nov 2023
ކުޅިވަރު

ޖެކްސަން އިތުރު ވަގުތު ހެދި ހެޓްރިކާއެކު، ގިނަ ހާދިސާތަކެއް ހިނގި ލަންޑަން ޑާބީއިން ސްޕާސް ބަލިވެއްޖެ

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި، ޓޮޓެންހަމް ހޮޓްސްޕަރ އާއި ޗެލްސީ ބައްދަލުކުރި މެޗު 4-1 އިން ޗެލްސީ ކާމިޔާބުކޮށްފިއެވެ. މި ބައްޔާއެކު ލީގުގެ އެއްވަނައަށް އަނބުރާ އެރުމަށް ސްޕާސްއިން ކުރަމުން ދިޔަ އުއްމީދު ގެއްލި، މިހާރު އެ ޓީމު އޮތީ 26 ޕޮއިންޓާއެކު، މެންޗެސްޓަރ ސިޓީއަށް ވުރެން 1 ޕޮއިންޓު ފަހަތުގައި، ލީގުގެ 2 ވަނައިގައެވެ.

މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ހެޓްރިކް ހެދިއިރު، މިއީ އޮސްޓްރޭލިއާގެ އޭންގް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕާސްއަށް މި ސީޒަންގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ.

ޖުމްލަ 5 ރީދޫ ކާޑާއި 2 ރަތް ކާޑު ފެނިގެންދިޔަ މި ފޯރިގަދަ މެޗުގައި ރެފްރީ ވަނީ 5 ގޯލު ނުގުނަން ނުވަތަ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު.) ވަނީ އެ ގޯލުތައް ރަގަޅު ނޫންކަމަށް ނިންމާފައެވެ. އެހެންކަމުން މި މެޗަކީ މި ފަހަކަށް އައިސް އެންމެ ގިނަ ހާދިސާތައް ހިނގާދިޔަ އެއްމެޗަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 21 މިނެޓު ކުޅުނުއިރު، ޗެލްސީގެ ކޯޗުގެ ގޮތުގައި ކުރީގެ ސްޕާސްގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ޓޮޓެންހަމް ހޮޓްސްޕަރ ސްޓޭޑިއަމްއަށް އެނބުރި އައުން ވެގެން މި ދިޔައީ ސްޕާސްއަށް ކުރިމަތިވި ހަލަބޮލި ރެއަކަށެވެ

މެޗުގެ ފުރަތަމަ 5 މިނެޓުގެ ތެރޭގައި ސްޕާސްއިންވަނީ ލީޑު ނަގާފައެވެ. މިއީ ޑިޖަން ކުލުސެވްސްކީ ޗެލްސީގެ އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބޯޅައެއް، އެހެން ކުޅުންތެރިއެއްގެ ގައިގާ ޖެހި މިސްރާބު ބަދަލުވުމުން ޗެލްސީގެ ރޮބާޓް ސަންޗޭޒްއަށް އަތުނުވެ ގޯލަށް ވަތް ބޯޅައެކެވެ

އެއަށްފަހު ދެން ފެނިގެން ދިޔައީ ދެ ޓީމުން ވެސް ކާމިޔާބު ކުރި ގޯލުތަކެއް، ވީ.އޭ.އާރު. ބެލުމަށްފަހު ގޯލެއް ނޫންކަމަށް ނިންމިތަނެވެ. އެގޮތުން އެންމެ ފުރަތަމަ މެޗުގެ 14 ވަނަ މިނެޓުގައި ސްޕާސްގެ ސޮން ހިއުން-މިންގެ ގޯލު އޮފްސައިޑްކަމަށް ނިންމިއިރު، އޭގެ 7 މިނެޓް ފަހުން ޗެލްސީގެ ރަހީމް ސްޓާލިންގ ޖެހި ގޯލުގައި، ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހުނުކަމަށް ނިންމިއެވެ. އަދި އަނެއްކާވެސް އޭގެ 7 މިނެޓް ފަހުން ޗެލްސީގެ މޮއިސަސް ކެއިސިޑޯ ޖެހި ބޯޅައެއް ގޯލަށް ވަނުމުގެ ކުރިން، އޮފްސައިޑްގައި ހުރި ޖެކްސަންގެ ފައިގާ ބޯޅަ ޖެހުނުކަމަށް ނިންމާ އެ ގޯލު ވެސް ނުގުނައެވެ

މީގެ އިތުރުން ކެއިސިޑޯގެ ޝޮޓު ގޯލަށް ފޮނުވާލުމުގެ ހަމަލާ އުފެއްދުމުގެ ތެރޭގައި، ސްޕާސްގެ ޑިފެންޑަރ ކްރިސްޓިއަން ރޮމެރޯ ޗެލްސީގެ އެންޒޯ ފެނާންޑޭޒްއަށް ނުރައްކާތެރި ފައުލެއް ކުރިމަކަމަށް ފާހަގަ ވެގެން ވީ.އޭ.އާރު. ޓީމުން މެޗުގެ ރެފްރީ، މައިކަލް އޮލިވިއަރ އާ އެކަން ހިއްސާކުރިއެވެ. އަދި އެއީ ޕެނަލްޓީއެއްކަމަށާއި، ސްޕާސްގެ ރޮމެރޯ ކުރި ފައުލާ ގުޅިގެން ރަތް ކާޑެއް ދައްކާ އޭނާ ދަނޑުން ފޮނުވާލުމަށް ރެފްރީ ނިންމިއެވެ. އެގޮތުން ޗެލްސީއިން އެއްވަރު ކުރި ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާރ ކާމިޔާބުކުރި ގޯލެކެވެ

ރަތްކާޑަކާއެކު ސްޕާސްގެ ޑިފެންޑަރެއް ގެއްލުމުގެ އިތުރުން، ފުރަތަމަ ހާފުގައި އެ ޓީމުގެ ޖޭމްސް މެޑިސަން އަދި މިކީ ވެން ޑަ ވިން އަށް އަނިޔާވުން ވެގެން ދިޔައީ ބޮޑު ބޮލުރިހުމަކަށެވެ. އަދި 2 ވަނަ ހާފު ފެށިގެން 10 މިނިޓް ކުޅުނުއިރު ސްޕާސްގެ ޑެސްޓިނީ އުޑޮގީއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު، ރަތްކާޑެއް ދެއްކުން ވެގެން ދިޔައީ އެމީހުންގެ "ރިހޭ ފައި މައްޗަށް ފޮއި" ވެއްޓުން ފަދަ ކަމަކަށެވެ

9 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ސްޕާސްގެ މައްޗަށް ޗެލްސީއިން ލީޑު ނެގީ މެޗުގެ 75 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގ ކުރި ހުރަހަކުން ޖެކްސަން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ފަހުން ސްޕާސްއަށް ލިބުނު 3 ޗާންސެއް އެމީހުންނަށް ކާމިޔާބު ނުކުރެވުމުގެ ނަތީޖާއަކަށްވީ، އިތުރު މިނެޓުގައި ޖެކްސަން އިތުރު 2 ގޯލު ކާމިޔާބު ކުރުމެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.