Advertisement

ހޮސްޕިޓަލަކަށް ދިން ހަމަލާއެއް ޑޮކްޓަރަކު ސަރވޭ ކުރަނީ ---

07 Nov 2023
ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުން މަރުވި މީހުންގެ އަދަދު 10،000 އަށް: ދުވަސް 31

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 31 ވަނަ ދުވަސް،06 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި އިސްރާއީލުން 7 އޮކްޓޯބަރގެ ފަހުން ދިން ހަމަލާތަކުގައި މިހާތަނަށް 10،000 އަށް ވުރެން ގިނަ މީހުން މަރުވެފައިވޭ. އޭގެ ތެރޭގައި ކުށެއް ނެތް އެތައް ބަޔަކު؛ 4،104 ކުޑަ ކުދިންނާއި 2،641 އަންހެނުން ހިމެނޭ.

🔴 އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް މިހާރު ޣައްޒާ ސިފަކުރަނީ ކުޑަކުދިންގެ ގަބުރުސްތާނެއް ގޮތަށް. އަދި އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް އަނެއްކާ ވެސް ގޮވާލާފަ. މީގެ އިތުރުން، ހަމައެކަނި މިސްރު މެދުވެރިވެ ރަފާހް ބޯޑަރުން ޣައްޒާއަށް ވެއްދޭ ތަކެތިން އެމީހުންގެ ބޭނުންތައް ފުދޭވަރު ނުވާކަންވެސް ފާހަގަކޮށްފައިވޭ.

🔴 ތެލުގެ ދަތިކަމާއެކީ އަލް-ގުދުސް ހޮސްޕިޓަލް ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ހުއްޓުމަކަށް އަންނާނެކަމަށް ފަލަސްތީނުގެ ރެޑް ކުރެސެންޓް ޖަމިއްޔާއިން ހާމަކޮށްފި. އަދި އަލް-އައުދާ ހޮސްޕިޓަލް މިހާރު މަޑުމަޑުން ހުއްޓުމަކަށް އައިސްފައިވާކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލުން ހާމަކުރޭ.

🔴 އަލް-ޝިފާ ހޮސްޕިޓަލުގެ ސޯލަރ ޕެނަލްތައް ގޮއްވާލާ އެ ހޮސްޕިޓަލަށް ގެއްލުންދިނީ އިސްރާއީލްގެ އަސްކަރިއްޔާއިންކަމަށް ބުނާ ބުނުން އިސްރާއީލުން ދޮގުކޮށްފި.

🔴 ޣައްޒާގައި ބޮޑު ހޮސްޕިޓަލެއް އަޅައިދޭނެކަމަށް ޔޫ.އޭ.އީ އިން ބުނެފި. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއްނުކުރޭ.

🔴 ހިފާފައިވާ ހުޅަނގު އައްސޭރީގައި ކުރިޔަށްދާ ރެއިޑްތަކުގެ ތެރެއިން ތުލްކަރެމް ކިޔާ ސަރަހައްދަކުން ފަލަސްތީނުގެ 4 މީހަކު މަރާލައިފި

🔴 އިސްރާއީލް-ލުބުނާން ބޯޑަރުގައި ބަދަލުކުރަމުންދާ ހަމަލާތައް މިހާރުވެސް ކުރިޔަށްދޭ. އިސްރާއީލުން ދިން ހަމަލާއެއްގައި މީގެ އެއް ދުވަސް ކުރިން ލުބުނާނުގެ 4 މީހަކު މަރުވުމުން، މި ހަމަލާތައް އިތުރަށް ވަރުގަދަވެފައިވޭ.

🔴 އިސްރާއީލުގައި ތިބި އެހެން ގައުމުތަކުގެ އެމްބެސެޑަރުންނާ މުހާތަބުކޮށް ނަތަންޔާހޫ ބުނީ، މި ހަނގުރާމައަކީ އިރާނުން ލީޑުކުރާ ޓެރަރިސްޓުންނާ ދެކޮޅަށް މުޅި ދުނިޔޭގެ ހައްގުގައި ކުރާ ހަނގުރާމައެއް ކަމަށް.

🔴 ސައުތު އެފްރިކާއިން އިސްރާއީލަށް ކަނޑައަޅާފަ ހުރި ސަފީރު ވެސް އަނބުރާ ގެންގޮސްފި. މިއީ އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ސައުތު އެފްރިކާއިން ނިންމި ނިންމުމެއްކަމަށް ހަބަރުތައް ބުނޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.