Advertisement

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ---

06 Nov 2023
ދުނިޔެ

އިޒްރާއީލުން ޣައްޒާއަށް ބިމުއަޑީގެ ބަންކަރުތައް ގޮއްވާލާ ބާރުގަދަ ބޮންތައް އަޅަންފަށައިފި

އިޒްރޭލުގެ ގެ ސިފައިން، ބިމުގެ ޞަތަހައިން 30 މީޓަރު އަޑީގައި ހުންނަ، ޓަނަލުތަކާއި ބަންކަރުތައް ގޮއްވައިލެވޭ ބާރުގަދަ ބޮންތައް ޣައްޒާއަށް އަޅަންފަށައިފިއެވެ.

އިޒްރާއީލްގެ ޓެރަރިސްޓް ސިފައިން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމަ ފެށިފަހުން މިހާތަނަށް ދެމުން އަންނަ އެންމެ ވަރުގަދަ ހަމަލާތަކެވެ. މިގޮތުން ހަމާސްއިން ބިމުގެ އަޑީގައި ހަދާފައިވާ ޓަނަލްތައް ހަލާކުކޮށްލުމަށް ކަމަށް ބުނެ، އިޒްރާއީލުން މިހާރު ދަނީ ޣައްޒާއަށް ބަންކަރ ބަސްޓަރ ބޮން ނުވަތަ، ޕެނެޓްރޭޓިން ބޮމުން ހަމަލާ ދެމުންނެވެ.

މިބޮމަކީ އެ ވައްޓާލުމުން ބިންގަޑުގެ ތެރެއަށް 200 ފޫޓު ފުނަށް ވަދެގެންދިޔުމަށްފަހުގައި، ގޮވާ ގޮތަށް ހަދާފައި ހުންނަ ބާރުގަދަ ބޮމެކެވެ. މިއިން ކޮންމެ ބޮމެއް ބިމުގެ އަޑީގައި ގޮވާ ވަގުތު، އެބޮން އަޅާ ސަރަހަދަކަށް ބިންހެލުންތައް ބަލާ ރިކްޓަރ ސްކޭލްއިން 3.6ގެ ގުޑުމެއް އިހްސާސްކުރެވޭނެއެވެ. މިއީ އެބޮން ވައްޓާލާ ސަރައްދާއި ގާތުގައި ހުންނަ އިމާރާތްތައް ފުނޑުފުނޑުވެގެންދާނެ ވަރުގެ ގުޑުމެކެވެ.

ބަންކަރ ބަސްޓަރ ބޮން ގޮވާގޮތް ދައްކައިދޭ ކުރެހުމެއް --

ހަމާސްގެ ހަނގުރާމަވެރިން ނައްތާލުމަށް ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް އެއް މަސްދުުވަސް ވީއިރުވެސް، ހަމާސްގެ ހަމަލާތައް އިޒްރޭލަށް ހުއްޓުވާލެވިފައެއް ނުވެއެވެ. އަދި ހަމަލާތަކުގައި މިހާތަނަށް، އިޒްރޭލު ސިފައިންގެ 338 މީހުން ވަނީ މަރުވެފައެވެ. އަދި އިޒްރޭލުގެ ހައްދުފަހަނަ އެޅި ސިފައިން ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ ކުށެއް ނެތް އާއްމުންގެ ތެރެއިން 10000ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.