Advertisement

ޣައްޒާއަށް ދިން ހަމަލާއަކަށްފަހު، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް މަސައްކަތްކުރަނީ ---

06 Nov 2023
ދުނިޔެ

މިހާތަނަށް ފަލަސްތީނުގެ 4،000 އަށް ވުރެން ގިނަ ކުޑަކުދިން މަރާލާފައިވޭ: ދުވަސް 30

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 30 ވަނަ ދުވަސް،05 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުން ދެމުންގެންދާ ބޮމުގެ ވަރުގަދަ ހަމަލާތަކާ ގުޅިގެން ޣައްޒާގެ މުވާސަލާތީ ގުޅުން މިވަނީ ތިންވަނަ ފަހަރަށް ކެނޑިފައި

🔴 އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ދެކުނުގެ ހިސާބެއްގައި ކާރެއްގައި ދަތުރު ކުރަމުން ދިޔަ 3 ކުޑަކުދިންނާއި އެ ކުދިންގެ މާމަ ވަނީ މަރުވެފަ. ބަދަލުގައި ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ ޝަހަރެއް ކަމުގައިވާ ކްރިޔަތް ޝިމޮނާއަށް ހަމަލާދީފަ. މި ހަމަލާގައި އިސްރާއީލުގެ އެކަކު މަރުވެފައިވޭ.

🔴 އިސްރާއީލުން ވަނީ ޣައްޒާގެ މައި ދެ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއް ދީފައި. މި ހަމަލާތަކުގައި މަދުވެގެން 53 މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާވެފަ.

🔴 ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 4،000 އަށް ވުރެން ގިނަ ކުޑަ ކުދިން މަރުވެފައިވާކަމަށް ފަލަސްތިނުގެ ހެލްތް މިނިސްޓްރީއިން ހާމަކުރޭ. އަދި އެ ގައުމުގެ 2.3 މިލިއަން މީހުންގެ ތެރެއިން 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައި

🔴 ޣައްޒާގެ އަލް-ޤުދުސް ހޮސްޕިޓަލް ކައިރިޔަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި މަދުވެގެން 14 މީހަކަށް އަނިޔާވެފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ.

🔴 އިރާޤުގެ ޕްރައިމް މިނިސްޓަރާ ބައްދަލު ކުރުމުގެ ކުރިން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެން ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއާ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އާދިއްތަ ދުވަހު ބައްދަލުކޮށްފައި. މި ދަތުރުގައި އޭނާ ދެން ބައްދަލު ކުރާނީ ތުރުކީގެ ސަރުކާރާ

🔴 އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ޗީފް ވިލިއަމް ބާންސް ވަނީ އިސްރާއީލަށް ޒިޔާރަތްކޮށް އެ ގައުމުގެ ވެރިންނާ ބައްދަލުކޮށްފަ. މި ދަތުރުގައި އޭނާ އިތުރު ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލު ކުރާނެކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވޭ.

🔴 ޣައްޒާއާ ދެކޮޅަށް ނިއުކްލިއަރ ބޮމެއް ބޭނުންކުރާނެކަމަށް ބުނުމުން އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރ އަމިހައި އެލިޔަހޫ ސަސްޕެންޑްކޮށްފި.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.