Advertisement

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން --

05 Nov 2023
ދުނިޔެ

ގައްޒާއިން މުވާޞަލާތީ ޚިދުމަތްތައް މުޅިން ކަނޑާލައި އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށްފި

މިއަދު މުޖާހިދުން އިޒްރޭލުގެ ސިފައިންގެ 20 ވުރެ ގިނަ މީހުން މަރާލިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އަނެއްކާވެސް އިޒްރޭލުން މިރޭ މުޅި ޣައްޒާއިން މުވާޞަލާތީ ޚިދުމަތްތައް މުޅިން ކަނޑާލައި އުތުރު ޣައްޒާއަށާ ޣައްޒާ ސިޓީއަށް ވަރުގަދައަށް ބޮންއަޅަން ފަށައިފިއެވެ.

މުޅިޣައްޒާއިން މުވާޞަލާތީ ޚިދުމަތްތައް މުޅިން ކެނޑިފައިވާކަން، ޣައްޒާގައި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ އދ.ގެ ޖަމާޢަތުން ވަނީ ބުނެފައެވެ. 

ފާއިތުވި ގަޑިއެއްހާ އިރުގެ ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާއަށް ސަތޭކައަށް ވުރެ ގިނަ ވައިގެ ހަމަލާތައް ދީފައެވެ. ރޭގަނޑުގެ ވަގުތުތަކުގައި އަމާޒުކުރާ މިހަމަލާތަކުގެ ސަބަބުން މަރުވެގެން ދަނީ ކުށެއްނެތް ކުށަކުދީންނާއި އަންހެނުންނެވެ.

އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާއަށް ބޮން އަޅަމުންގެންދާއިރު، އުތުރު ޣައްޒާގެ ބައިތު ހަނޫން އާއި ގައްޒާ ސިޓީއާ އަދި ދެކުނުގެ އަވަށް ޚާންޔޫނުސްވެސް ވަނީ ބިމާ ހަމަކޮށްލާފައެވެ.

އިޒްރޭލުގެ ވައިފެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 9000 ވުރެ ގިނަ އާއްމުން ޝަހީދުވެފައި ވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އަދި 25000 ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ހަމާސްއާ ދެކޮޅަށް ހަމަލާތައް ދޭކަމަށް އިޒްރޭލުން ބުނި ނަމަވެސް އިޒްރޭލުގެ މުޅި އަމާޒަކީ، އާއްމުންނަށް ހަމަލާދީ ބިރުގަންނަވައި، ޣައްޒާގެ ހުރިހާ ރައްޔިތުން، މިސްރުގެ ސައިނާ ބިމަށް ނެރެ، ޣައްޒާގެ މައްޗަށް ވެރިވެގަތުމެވެ. ޣައްޒާގެ އައްސޭރި ދާދިފަހުން ވަނީ، ގުދުރަތީ ގޭހުގެ ވަރަށް ބޮޑު ރިޒާވަކާއި ތެޔޮ ފެނިފައެވެ. އިޒްރޭލުގެ މައިގަނޑު ބޭނުމަކީ، ފަލަސްތީނުގެ ސަރަހައްދުގެ ތެރޭގައިވާ، ތެލާއި ގޭހުގެ މައްޗަށް ވެރިވެގަތުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.