Advertisement

އާސެނަލް ކޮޅަށް ގޯލު ޖެހުމަށްފަހު ގޯޑަން ---

05 Nov 2023
ކުޅިވަރު

ގޯޑަންގެ މައްސަލަ ބޮޑު ގޯލުން އާސެނަލްއަށް ލީގުގައި ފުރަތަމަ ބަލި

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނިއުކާސްލް ޔުނައިޓެޑްގެ ސޓ. ޖޭމްސް ޕާކްގައި އެ ޓީމުން އާސެނަލްއާ ބައްދަލުކުރި މެޗުން ކުރި ހޯދައި، މި ސީޒަންގައި އާސެނަލް ބަލިނުވެ ހިފަހައްޓަމުން އައި ރެކޯޑަށް ނިމުމެއް ގެނުވައިފިއެވެ. ނިއުކާސްލްއިން 1-0 އާސެނަލްގެ މައްޗަށް ކުރިހޯދިއިރު، އެ ޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ 64 ވަނަ މިނެޓުގައި އެންތޮނީ ގޯޑަންއެވެ.

ނިއުކާސްލްގެ ގޯލު ވެގެން ދިޔައީ ވަރަށް ބޮޑު ބަހުސަކަށެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު، މައިކަލް އާޓެޓާ ބުނެފައިވާ ގޮތުގައި އެއީ ގޯލެއް ނޫންކަމަށާއި، މިފަދަ ނިންމުމެއް ޕްރިމިއަލީގުގައި ފެނިގެން ދިއުމަކީ ލީގަށް ލިބުނު ލަދުވެތިކަމެއް ކަމަށެވެ

ނިއުކާސްލްގެ ގޯލު ފެނުނީ އެޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގެ ތެރެއިންނެވެ. އާސެނަލްގެ ގޯލް އޭރިޔާ ކައިރިން ކޯނަރު ދަނޑިކައިރިން ބޭރުވާން ދިޔަ ބޯޅަ ހޯދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ނިއުކާސްލްގެ ޖޯ ވިލޮކްއެވެ. ބޯޅަ ހޯދުމަށްފަހު ވިލޮކް ހުރަސްކުރި ބޯޅަ ދިޔައީ އާސެނަލްގެ ކީޕަރު، ޑޭވިޑް ރަޔާގެ ބޯ މަތިން އޭނާގެ ފަހަތުގައި ހުރި ޖޯލިންޓަން ބޮލަށެވެ. ޖޯލިންޓަން ބޮލުން ތިރިޔަށް ޖައްސާލި ބޯޅަ ގޯޑަންއަށް ލިބުމާއެކު، މުޅިން ހުހަށް އޮތް އާސެނަލްގެ ގޯލު ތެރެއަށް އޭނާ ބޯޅަ ފޮނުވާލިއެވެ.

މި ގޯލު ރަގަޅު ތޯ ބެލުމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު.) ބެލުމަށް ގިނަ ވަގުތު ހޭދަވިއެވެ. މި ގޯލުގައި ޝައްކު އުފެދޭ 3 ކަމެއް އޮތެވެ. އެއީ ފުރަތަމަ ވިލޮކް ބޯޅަ ހޯދިއިރު އެ ބޯޅަ ދަނޑުން ބޭރުވެފައިވޭތޯ ބެލުމަށާއި، ޖޯލިންޓަން ބޮލުން ޖެއްސިއިރު އާސެނަލްގެ ޑިފެންޑަރަށް ފައުލްކޮށްފައިވޭތޯ ބެލުމަށާއި، އަދި އެ ބޯޅަ ކުޅުނުއިރު ގޯޑަން ހުރީ އޮފްސައިޑްގަތޯ ބެލުމަށެވެ. ވީޑިއޯތަކުން ފެންނަގޮތުގައި ބޯޅަ ދަނޑުން ބޭރުވެ، އަދި ޖޯލިންޓަން ފައުލްކޮށްފައިވީނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ

ނިއުކާސްލްގެ ގޯލަށް ފަހު މެޗު ކާމިޔާބު ކުރެވޭތޯ އާސެނަލްއިން އިތުރަށް މަސައްކަތްކުރިއެވެ. ނަމަވެސް، ނިއުކާސްލް ކުޅުންތެރިން ކުރި ބުރަ މަސައްކަތުން، އޭގެ ފަހުން އާސެނަލްއަށް ގޯލާ އަމާޒުކޮށް ޝޮޓެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުން މޮޅުވިނަމަ، ލީގުގެ އެއްވަނައިގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީއާ ޕޮއިންޓުގެ ގޮތުން އާސެނަލްއަށް ހަމަހަމަ ކުރެވުނީހެވެ. ނަމަވެސް، މި މެޗުން ޕޮއިންޓެއް ނުލިބުމުން އާސެނަލް އޮތީ 24 ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ނިއުކާސްލް އޮތީ 20 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.