Advertisement

އަލް-ޝިފާ ހޮސްޕިޓަލް ކައިރިން އެމްބިއުލެންސްތަކަކަށް ދިން ހަމަލާ ---

04 Nov 2023
ދުނިޔެ

އިއްޔެ އެކަނިވެސް 3 މެޑިކަލް ފެސިލިޓީއެއް ކައިރިއަށް ހަމަލާދިން: ދުވަސް 28

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 28 ވަނަ ދުވަސް،03 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައި އޮތް މެޑިކަލް ކޮންވޯއީއަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި 15 މީހުން މަރުވިއިރު، މިއީ ޣައްޒާ ސިޓީގެ މެޑިކަލް ފެސިލިޓީއެއް ކައިރީގައި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިން ތިން ހަމަލާގެ ތެރެއިން އެއް ހަމަލާކަމަށް ޣައްޒާގެ ހެލްތު އޮތޯރިޓީއިން ބުނެފި.

🔴 އިސްރާއީލު ސިފައިން ބުނީ އަލް-ޝިފާ ކައިރީގައި އޮތް އެމްބިއުލަންސަށް ހަމަލާދިނީ އެއީ ހަމާސް އިން ބޭނުންކުރާ އުޅަނދަކަށް ވުމުންކަމަށް. ނަމަވެސް ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ބުނީ، އެ ހަމަލާ 2 އެމްބިއުލެންސަށް އަމާޒުވިކަމަށާއި، އެއީ ބަލިމީހުން އުފުލަން ގެންގުޅޭ އެމްބިއުލެންސްތަކެއްކަމަށް.

🔴 ގެދޮރު ދޫކޮށް ދާން އިންޒާރުދީފައިވުމުން، އެހެން ބޯހިޔާވަހިކަމެއް ހޯދުމަށް އާންމުންގެ ބަޔަކު ދަތުރުކުރަމުން ދިޔަ ވެހިކަލްތަކަކަށް އަމާޒުކޮށް އިސްރާއީލް ސިފައިން ޣައްޒާގެ އުތުރުގައި ހަމަލާދީފައިވޭ. މި ހަމަލާގައި މަދުވެގެން 14 މީހުން މަރުވެފައިވާކަމަށް ބުނޭ. އަދި ސަފްތާވީގައި ގިނަ އަދަދެއްގެ ބަޔަކު ބޯހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 20 މީހުން މަރުވެފައިވޭ.

🔴 ހަމަލާތައް ކުރިޔަށް ދިޔަނަމަވެސް، ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ ބްރާންޗުން ބުނެފައިވަނީ، ފަލަސްތީނުގެ ރެފިއުޖީންނަށް ސަލާމަތާއި ރައްކާތެރިކަން އިތުރަށް ދިނުމުގެ ގާބިލްކަން މިހާރު އެމީހުންގެ ނެތްކަމަށް. މީގެ އިތުރުން އެ ޖަމްއިއްޔާގެ 38 މީހަކު އޮކްޓޯބަރ 7 ގެ ފަހުން މަރުވެފައިވާކަމަށް.

🔴 އެމެރިކާގެ ސެކްރެޓަރީ ޖެނެރަލް، އެންތޮނީ ބްލިންކެން، އިސްރާއިލްގެ ލީޑަޝިޕް ޓީމާއި ބައްދަލު ކުރުމަށް ތެލް އަވީވްއަށް ކުރި ދަތުރަށްފަހު ބުނީ، އެ ބައްދަލުގައި ވާހަކަ ދެކެވުނީ އާންމުން ރައްކާތެރިކުރުމާ ގުޅެގޮތުންކަމަށް. ނަމަވެސް މި ބައްދަލަށްފަހު އިސްރާއީލުގެ ޕްރައިމް މިނިސްޓަރ ނަތަން ޔާހޫ ބުނެފައިވަނީ ވަގުތީގޮތުން ވިޔަސް ހަނގުރާމަ ހުއްޓާނުލާނެކަމަށް.

🔴 ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ދިން ބަސްދީގަތުމުގައި ހިޒްބުﷲގެ ޗީފް ޙަސަން ނަސްރުއްލާ ބުނީ، ސަރަހައްދީ މަޖެހުމަށް ވިސްނާނަމަ ޣައްޒާގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވަންޖެހޭކަމަށް. މީގެ އިތުރުން އޭނާ ބުނީ އެމީހުން އޮތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށް

🔴 ރަފާހް ބޯޑަރ ހުރަސްކޮށް ޣައްޒާގައި ތިބި ގިނަ ބަޔަކު މިސްރު މަގުން ޣައްޒާއިން ބޭރުވުމަށް ހުއްދަދީފައިވޭ. މީގެ ތެރޭގައި ސްކޮޓްލަންޑުގެ ފުރަތަމަ މިނިސްޓަރުގެ އާއިލާ މީހުންވެސް ހިމެނޭ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.