Advertisement

އިސްރާއީލުން ހަމަލާ ދީފައިވާ ސަރަހައްދެއްގައި ފަލަސްތީނުގެ ކުޑަ ކުއްޖަކު ---

03 Nov 2023
ދުނިޔެ

އިސްރާއީލުން ބުނީ ހަނގުރާމަ މެދުކަނޑާނުލާނެކަމަށް: ދުވަސް 27

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 27 ވަނަ ދުވަސް، 02 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ މިހާރު މުޅި ޣައްޒާ ވަށާލާފައި. އަދި އަސްކަރިއްޔާގެ ތަރުޖަމާނު ބުނާގޮތުން، ހަނގުރާމަ މެދުކަނޑާލުމަކީ އެމީހުންގެ އެއްވެސް ޕްލޭނެއްގައި އޮތް ކަމެއް ނޫން.

🔴 އިސްރާއީލު ސިފައިން މުޅި ޣައްޒާ ސިޓީއަށް ވެރިވެ ގަންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ވެސް ޣައްޒާ ސިޓީގެ އެތައް އާންމުންނެއް، މި ކަމުގައި އޮތް ނުރައްކާ ބޮޑު ނަމަވެސް، ދަނީ ފިލައިގެން ސިޓީގެ ދެކުނަށް ދިއުމަށް މަސައްކަތް ކުރަމުން

🔴 އަލް-ޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކު، އެތާގެ ހާލަތު ސިފަކުރަމުން ބުނީ މިހާރު އެއީ ކާރިސާއަކަށް ވުރެން ވެސް ދެރަހާލަތެއްގައި އޮތްތަނެއްކަމަށް.  

🔴 އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ތެޔޮ އެތެރެކުރެވޭނެކަމުގެ އިޝާރާތެއްވެފައިވީ ނަމަވެސް، ޕްރައިމް މިނިސްޓަރުގެ އޮފީހުން ބުނީ އެއީ އެމީހުންގެ ރޭވުމުގައި އޮތް ކަމެއް ނޫންކަމަށް.

🔴 އިސްރާއީލާއި ލުބުނާނާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް އަންނަނީ ވަރުގަދަވަމުން. އަދި މިއަދު ހިޒްބުﷲ ގެ ވެރިޔާ ޙަސަން ނަސްރުﷲ އެ ހަނގުރާމައާ ގުޅިގެން ރަސްމީ ބަހެއް ބުނާނެކަމަށް އިއުލާންކޮށްފައިވޭ.  

🔴 ހުޅަނގު އައްސޭރީގައި ކުރިޔަށްދާ ރެއިޑް އޮޕަރޭޝަންގައި، ޖެނިންއިން ދެ މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވޭ

🔴 ފަލަސްތީނުގައި ތިބި ބިދޭސީންތަކެއް ރަފާހް ބޯޑަރ ހުރަސްކޮށް ބުރާސްފަތި ދުވަހު މިސްރަށް ގޮސްފައިވާކަމަށް ފަލަސްތީނުގެ ބޯޑަރ އޮފިޝަލަކު ހާމަކޮށްފި. އަދި ރެޑް ކްރެސެންޓުން ހާމަކުރާ ގޮތުގައި 102 ޓްރަކްގެ އިންސާނީ އެހީ ވަނީ ބުރާސްފަތި ދުވަހު ޣައްޒާއަށް ވަދެފައި

🔴 ވޮޝިންޓަން: އެމެރިކާގެ ފުރަތަމަ ސެނެޓަރު ވަނީ ހަނގުރާމަ ހުއްޓާލުމަށް ތާއީދު ކުރައްވާކަމަށް ބުނެފަ. ނަމަވެސް އެމެރިކާގެ ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތުން އަދިވެސް ތާއީދު ކުރަނީ އިސްރާއީލުން އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.