Advertisement

އަލް ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމާލާގައި ---

02 Nov 2023
ދުނިޔެ

ފަރުވާ ދެވޭނެ ހާލަތެއް ނެތިގެން ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކެއް ބަންދުކޮށްފި: ދުވަސް 26

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 26 ވަނަ ދުވަސް،01 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލްގެ މައި ޖަނަރޭޓަރ ތެޔޮ ހުސްވުމުގެ ސަބަބުން މިހާރުވަނީ ހުއްޓިފަ. އަދި މިހާރު ބޭނުންކުރަނީ ބެކަޕް ޖަނަރޭޓަރު. މިކަމުގެ ސަބަބުން ހޮސްޕިޓަލްގެ އޮކްސިޖަން ސަޕްލައި ހުއްޓިފައިވާއިރު، ވެންޓިލޭޓަރުތަކާއި އޭސީތައް ވެސް ދެން ބޭނުމެއް ނުކުރެވޭނެ. އަދި މާގިނަ ދުވަހެއް ނުވެ މުޅި ހޮސްޕިޓަލް އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީއިން ހާމަކުރޭ.

🔴 ޣައްޒާގައި ކެންސަރު ބަލިމީހުންނަށް ހިދުމަތްދިނުމަށް އޮޕަރޭޓްކުރަމުން ދިޔަ ހަމައެކަނި ހޮސްޕިޓަލް ވެސް ތެޔޮ ނުލިބުމުގެ ސަބަބުން ބަންދުކޮށްފި. އިސްރާއީލުން ޣައްޒާއަށް ތެޔޮ ޑެލިވަރީ ކުރުން ހުއްޓުވަމުންދާއިރު، އެހެން ހޮސްޕިޓަލްތަކުން ބުނަނީ އެތަންތަނުގެ މަސައްކަތްތައް ވެސް ހުއްޓާލުމަށް ކުޑަތަންވެފައިވާކަމަށް.

🔴 ސިއްޙީ އެހީއަށް ބޭނުންވެފައިވާ ފަލަސްތީނުގެ މީހުންނާއި އެ ސިޓީގައި ދިރިއުޅެމުންދިޔަ ބިދޭސީން، ރަފާހް ބޯޑަރ ހުރަސްކޮށް މިސްރަށް ދިއުމުގެ ހުއްދަ އިސްރާއީލުން ދީފި.  

🔴 އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ ގޭޓު ކައިރީގައި ތިބެ، ޣައްޒާގެ އުތުރުން ހަމާސްގެ ފުރަތަމަ ދިފާއީ ލައިން ފަޅާލާފައިކަމަށް އިސްރާއީލު ސިފައިން ހާމަކުރޭ.  

🔴 ލެޓިން އެމެރިކާގެ ގައުމުތަކުން އިސްރާއީލަށް ފާޑުކިޔުން އިތުރުވެއްޖެ. އެގޮތުން ކޮލަމްބިއާ އާއި ޗިލީއިން އިސްރާއީލުގައި ތިބި އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގެންގޮސްފައިވޭ. އަދި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާ އާޖެންޓީނާއިން ކުށްވެރިކޮށް، ބޮލީވިއާއިން ވަނީ އިސްރާއިލާ ހާރިޖީ ގުޅުން މުޅިން ކަނޑާލާފައި. މީގެ އިތުރުން، އިސްރާއީލާ ގުޅުން ގާއިމްކުރި ފުރަތަމަ އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ އުރުދުންއިން ވަނީ ހަނގުރާމައާ ގުޅިގެން އެގައުމުގެ ސަފީރު ވެސް އަނބުރާ ގެންގޮސްފަ.

🔴 އދ. ގެ ހިއުމަނިޓޭރިއަން އެފެއާޒް އޮފީހުން ބުނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަނިޔާވެރިކަމުގެ ނިސްބަތް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެގުނައަށް އިތުރުވެފައިވާ ކަމަށް

🔴 ލުބުނާނުގެ ބޯޑަރ ހުރަސްކޮށް އިސްރާއީލާއި ހިޒްބުالله ހަނގުރާމަވެރިން ހަމަލާތައް ބަދަލުކުރަމުންދާއިރު، ޔަމަނުގެ ހޫތީން ވަނީ އިސްރާއީލަށް އަމާޒުކޮށް އައު ޑްރޯން ހަމަލާއެއް ފޮނުވާލިކަމަށް ބުނެފަ. މި ކަމުން ހާމަވެގެންދަނީ މެދުއިރުމަތީގައި މި ހަނގުރާމަ އިތުރަށް ފުޅާވުމުގެ ނުރައްކާ އޮތްކަން.

🔴 އިސްރާއީލު ސިފައިން އަލްޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަންގާރާ ދުވަހާއި ބުދަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 195 އަށް އަރާފައިވާއިރު، އަދިވެސް 120 މީހުން ވަނީ ވީނުވީއެއް ނޭންގި ގެއްލިފަ.

🔴 ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓަރ ޚާލިދް ބިން ސަލްމާން އެމެރިކާއަށް ކުރި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާ ބަައްދަލުކޮށް، މެދުއިރުމަތީގެ ހަމަނުޖެހުން ކުޑަކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ.

🔴 ޔޫ.އެން.އާރު.ޑަބްލިއު.އޭ.ގެ ކުރީގެ ތަރުޖަމާނު ކްރިސް ގަނެސް ވިދާޅުވީ ހަމާސްގެ މައްޗަށް "އަސްކަރީ ކާމިޔާބީ" ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ހުޅަނގުގެ ގައުމުތަކުން މި ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލަށް ފެހި ސިގްނަލް ދީފައިވާކަމަށް އޭނާ ތުހުމަތު ކުރޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.