Advertisement

އިސްރާއީލުން އަންގާރަ ދުވަހު ދިން ހަމަލާތަކަށްފަހު، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރިޔަށްދަނީ ---

01 Nov 2023
ދުނިޔެ

ބޮލިވިއާއިން އިސްރޭލާއި ދެމެދު އޮތް ހާރިޖީ ގުޅުން ކަނޑާލައިފި: ދުވަސް 25

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 25 ވަނަ ދުވަސް، 31 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔަ ޖަބަލިޔާ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ގިނަ ބަޔަކު މަރުވެފައިވާކަމަށް ކަށަވަރުވެފައިވޭ. މީގެ އިތުރުން ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ. މި ސަރަޙައްދުން މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށްދޭ. އަދި މި ހަމަލާގެ ސަބަބުން އަރަބި ގިނަ ގައުމުތައް ދަނީ މިކަމާ ނުރުހުން ފާޅުކުރަމުން.

🔴 އިސްރާއީލުން ވަނީ ޖަބަލިޔާ ކޭމްޕަށް ހަމަލާ ދިންކަމަށް އެއްބަސްވެފަ. އެމީހުން ބުނާގޮތުން، އެތަނަށް ހަމަލާދީފައިވަނީ އެތާ ހުރި ހަމާސް ކޮމާންޑަރަކަށް އަމާޒުކޮށް. ނަމަވެސް ހަމާސްގެ ކޮމާންޑަރަކު އެތާ ނުހުންނާނެކަމަށް ހަމާސް އިން ބުނޭ.

🔴 ޣައްޒާގައި ހިންގަމުންދާ މިލިޓަރީ ރެއިޑްތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އިސްރާއީލުން ބުނެފި. އެގޮތުން ހަމާސްގެ 50 ހަނގުރާމަވެރިން މަރާލާ އަދި ހަމާސްގެ ހަމަލާތަކުގެ ފަހަތުގައި ތިބި މުހިންމުބަޔަކު ހޯދާ ހައްޔަރުކޮށްފައިވާކަމަށް ބުނޭ

🔴 އެހީގެ 66 ޓްރަކް ޣައްޒާއަށް ވަދެފައިވާކަމަށް އެމެރިކާއިން ބުނޭ. ނަމަވެސް ތެޔޮ ފޯރުކޮށްދީފައެއް ނުވޭ.

🔴 ޣައްޒާގެ ހެލްތް މިނިސްޓްރީއިން ވަނީ މުޅި ދުނިޔެއަށް އާދޭހުގެ އިންޒާރެއް ފޮނުވާފަ. އެ މިނިސްޓްރީއިން ބުނީ، ޣައްޒާގައި ހުރި އެންމެ ބޮޑު ދެ ހޮސްޕިޓަލުގެ ޖެނެރޭޓަރުތައް ދެން މަސައްކަތްކުރާނީ މަދު ގަޑިއިރުތަކެއް ކަމުގައާއި، އެއަށްފަހު އެއްކޮށް އެ ދެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އަންނާނެކަމަށް

🔴 ހިފާފައިވާ ހުޅަނގު އައްސޭރީގައި އަނިޔާވެރިކަން އިތުރުވަމުންދާތީ އީޔޫ އާއި އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރިން މަދުވެގެން 121 ފަލަސްތީނު މީހުން މަރާލާފައިކަމަށް އދ. އިން ހާމަކުރޭ.

🔴 އިސްރާއީލުގެ ސިފައިންނާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތާއި ދެމެދު ބޯޑަރު ހުރަސްކޮށް ހަމަލާތައް ކުރިއަށްދާއިރު، ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ދެކުނަށް ތިން ހަމަލާއެއް ދީފައިވާނެކަމަށް ޔަމަނުގައި ތިބި ހޫތީން ބުނޭ.

🔴 އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ހުކުރު ދުވަހު އަނެއްކާވެސް އިސްރާއީލަށް ޒިޔާރަތްކުރާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފަ.

🔴 ބޮލިވިއާއިން، އިސްރޭލާއި ދެމެދު އޮތް ހާރިޖީ ގުޅުން ކަނޑާލާފައިވާކަމަށް އިއުލާންކޮށްފި.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.