Advertisement

ފޮޓޯ: ސްކައި ސްޕޯޓްސް

30 Oct 2023
ކުޅިވަރު

މެންޗެސްޓަރ ޑާބީ ސިޓީއިން ކާމިޔާބުކުރިއިރު ހާލަންޑަށް ލީގު ރެކޯޑެއް

މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު ޑާބީ މެޗުން މެންޗެސްޓަރ ސިޓީ 3-0 ން މޮޅުވިއިރު، އާރލިން ހާލަންޑް ދެ ގޯލު ކާމިޔާބުކޮށް، އިންގްލިޝް ޕްރިމިއަރ ލީގުގެ ރެކޯޑެއް ހަދައިފިއެވެ. މި މޮޅާއެކު ސިޓީއިން މިވަނީ ލީގުގެ އެއްވަނައިގައި އޮތް ޓޮޓެންހަމާ 2 ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ

ޔުނައިޓެޑާ ދެކޮޅަށް ހާލަންޑް ކާމިޔާބުކުރި 2 ގޯލާއެކު އޭނާ މިވަނީ ޕްރިމިއަ ލީގުގައި، ރަށުން ބޭރުގައި އެންމެ އަވަހަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެގޮތުން އޭނާ މިހާތަނަށް 23 މެޗުން ޖުމްލަ 20 'އަވޭ' ގޯލު ކާމިޔާބުކޮށްފައިވެއެވެ.

ހާލަންޑާއި ޖެހިގެން ދެން މި ލިސްޓްގައި އޮތީ ރަށުން ބޭރުގައި 28 މެޗުން 20 ގޯލު ކާމިޔާބުކުރި ކެވިން ފިލިޕްސްއެވެ. އެއަށްފަހު އިއާން ރައިޓް - 31 މެޗުން، ޑިއެގޯ ކޮސްޓާ - 33 މެޗުން އަދި އައުބަމަޔަންގް - 33 މެޗުން 20 ގޯލު ކާމިޔާބު ކޮށްފައިވެއެވެ.

މީގެ އިތުރުން މެންޗެސްޓަރ ޑާބީތަކުގައި އެންމެ ނުފޫޒުގަދަ ލިސްޓުގެ 5 ވަނައަށް ހާލަންޑް އަރާފައިމިވަނީ 3 މެޗުންނެވެ. މެންޗެސްޓަރ ޑާބީތަކުގައި އެންމެ ގިނަ ގޯލާއި އަދި އެސިސްޓް ކާމިޔާބުކޮށްފައިވާ ލިސްޓުގެ އެއްވަނައިގައި އޮތީ ޔުނައިޓޭޑްގެ ލެޖެންޑް ރްޔާން ގިގްސްއެވެ. އޭނާވަނީ 29 މެޗުން ޖުމްލަ ގޯލު އަދި އެސްޓުގެ އަދަދު 13 އާ ހަމަކޮށްފައެވެ. 

މި މެޗުގައި ހާލަންޑުގެ ފުރަތަމަ ގޯލު ފެނުނީ ފުރަތަމަ ހާފުގައެވެ. އެއީ ރޮޑްރީއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މިއީ އޯލްޑް ޓްރެފަޑްގައި 26 މެޗަށްފަހު، ސިޓީއަށް ޕެނަލްޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ. ހާލަންޑުގެ 2 ވަނަ ގޯލު ފެނުނީ 2 ވަނަ ހާފުގައެވެ. މި ގޯލު ކާމިޔާބު ކުރުމަށް ހާލަންޑަށް އެހީވެދިނީ ބަނާޑޯ ސިލްވާއެވެ

ސިޓީގެ 3 ވަނަ ގޯލުގައި ވެސް ހާލަންޑްގެ ރޯލު ބޮޑެވެ. މި ގޯލު ފިލް ފޮޑަން ކާމިޔާބުކުރިއިރު، މިއީ ހާލަންޑަށް ވެސް ގޯލަށް ފޮނުވާލެވޭނެހާ ޖާގަ ތަނަވަސް ފުރުސަތެކެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.