Advertisement

ޓޮޓެންހަމްގެ ސަން ހިޔުންގ-މިން --

28 Oct 2023
ކުޅިވަރު

ޕެލެސް ބަލިކޮށް 5 ޕޮއިންޓުގެ ލީޑަކާއެކު، ލީގު އެއްވަނައިގައި ސްޕާސް ހިންދެމިލައިފި

ހުކުރު ދުވަހުގެ ރޭ ކްރިސްޓަލް ޕެލެސް 2-1 ން ބަލިކުރުމަށްފަހު، މި ސީޒަނުގައި ފެށުން ރަގަޅުކޮށްފައިވާ ޓޮޓެންހަމް ހޮޓްސްޕާ އިން 5 ޕޮއިންޓުގެ ލީޑަކާއެކު، އިންގްލިޝް ޕްރިމިއަ ލީގުގެ އެއްވަނައިގައި ރަގަޅަށް ހަމަޖެހިލައިފިއެވެ. މިއީ 1960-61 ގެ ސީޒަނަށްފަހު، ދެވަނައިގައި އޮތް ޓީމާ މިހާ ބޮޑު ފަރަގަކާއެކު ލީގުގެ އެއްވަނައިގައި ސްޕާސް އޮތް ފުރަތަމަ ފަހަރެވެ. އެ ސީޒަނުގައި، ލީގުގެ ދެވަނައިގައި އޮތް ޓީމާ ދެމެދު 8 ޕޮއިންޓުގެ ލީޑެއް ހޯދާ، ސްޕާސްއިން ވަނީ ތަށި އުފުލާލާފައެވެ.

މި މެޗުގެ ގޯލުތައް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ސްޕާސްގެ ފުރަތަމަ ގޯލަކީ ގޯލު ކުރިމައްޗަށް ސްޕާސްގެ ޖޭމްސް މެޑިސަން ކުރި ހުރަހަކުން، ޕެލެސްގެ ވާޑް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެ 13 މިނެޓުފަހުން ސްޕާސްގެ ލީޑު ފުޅާކޮށްދިނީ ސަން ހިޔުންގް-މިން އެވެ. މިއީ މި ސީޒަނުގައި ސަން ކާމިޔާބުކުރި 8 ވަނަ ގޯލެވެ. ޕެލެސްގެ ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މިއީ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު، ގޯލު ތެރެއަށް ރީތި ބޯޅައެއް ފޮނުވާލައިގެން ޖޯޑަން އައިޔު ކާމިޔާބުކޮށްދިން ގޯލެކެވެ.

މި ސީޒަނުގައި ސްޕާސްއިން ދައްކަމުން މި އަންނަ މޮޅުކުޅުމުގެ ފަހަތުގައިވާ އެކަކީ މިދިޔަ ޓްރާންސާގައި ލެސެސްޓަރ ސިޓީއިން އެ ޓީމަށް ބަދަލުވި މެޑިސަންއެވެ. ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ގޯލުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. މެދުން ކިރިޔާ ވެސް ހުސްޖާގައެއް ލިބިއްޖެނަމަ، އިދިކޮޅު ޓީމުގެ އޭރިޔާތެރެއަށް އޭނާ އަންނަނީ ނުރައްކާތެރި ބޯޅަތައް ކުޅެމުންނެވެ. މިއާއެކު ދަނޑުމަތީގައި މެޑިސަން އަދި ސަން ގެ ބަދަހިކަމަކީ ބޮޑެތި ޓީމުތައް ބިރުގަންނަންޖެހޭކަމެއްކަން މި ދެ ކުޅުންތެރިން މި އަންނަނީ ސާބިތުކޮށްދެމުންނެވެ.

މި މޮޅާއެކު 10 މެޗުން ސްޕާސް އަށް ލިބިފައިމިވަނީ ޖުމްލަ 26 ޕޮއިންޓެވެ. އަދި މި ސީޒަނުގައި މިހާރު ބަލިނުވެ އޮތް ދެ ޓީމުގެ ތެރެއިން އެއްޓީމަކީ ވެސް ސްޕާސްއެވެ. ދެން އޮތީ އާސެނަލްއެވެ.

މި ހަފްތާގައި ކުޅޭ މެޗުތަކުން އާސެނަލް އަދި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެނަމަ މި ލީޑު އަނެއްކާވެސް 2 ޕޮއިންޓަށް ކުޑަވާނެއެވެ. މި ހަފްތާގައި އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް ނިކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި މެންސިޓީ ނިކުންނާނީ އޯލްޑް ޓްރެފަޑްގައި ޔުނައިޓެޑާ ދެކޮޅަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.