Advertisement

އާސެނަލްގެ ޑެކްލަން ރައިސް ޗެލްސީ ކޮޅަށް ގޯލު ކާމިޔާބު ކުރުމަށްފަހު، ފޮޓޯ: ގެޓީ އިމޭޖަސް

22 Oct 2023
ކުޅިވަރު

ފަހުވަގުތު އާސެނަލް ކުރިހިތްވަރުން، މި ސީޒަނުގެ ރަގަޅު ފެށުން ދަމަހައްޓައިފި

ހޮނިހިރު ދުވަހު ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި އާސެނަލް އިން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޓީމަށް ފަހުވަގުތު ކާމިޔާބުކުރެވުނު ދެ ގޯލާއެކު މެޗު 2-2 އިން އެއްވަރުވެ، މި ސީޒަނުގައި އާސެނަލް ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ

ޗެލްސީން ލީޑު ނެގީ މެޗުގެ ތިރީސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ އާސެނަލްގެ އޭރިއާ ތެރެއިން ޗެލްސީގެ ފޯވާޑް، މައިޙާލޯ މުޑުރީޗް ބޮލުން ގޯލަށް ފޮނުވާލި ބޯޅައެއް، އާސެނަލްގެ ވިލިއަމް ސަލީބާގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ކޯލް ޕާމާއެވެ. މިއީ ރަށުން ބޭރުގައި އާސެނަލް ކޮޅަށް މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ

ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފު ހަމަ ފެށުނުތަނާ ހެންނެވެ. މި ގޯލު ކާމިޔާބު ކުރީ މިދިޔަ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި އާސެނަލްއަށް ބަދަލުވުމުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވުނު ކޮނޯ ގަލަގާއެވެ

އާސެނަލްއިން އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނެޓުގައި، ޗެލްސީގެ ގޯލް ކީޕަރ ރޮބާޓް ސަންޗޭޒް އަށް ހެދުނު ގޯހަކުންނެވެ. ސަންޗޭޒް ޗެލްސީގެ އޭރިޔާ ތެރޭގައި ހުރެފައި އެ ޓީމުގެ ކުޅުންތެރިއަކަށް ދިން ޕާސް ލިބުނީ ގޯލާއި މާދުރުނޫން ހިސާބެއްގައި ހުރި އާސެނަލްގެ ޑެކްލަން ރައިސްއަށެވެ. ގާތްގަނޑަކަށް ހުހަށް އޮތް ގޯލަށް އޭނާ އެ ބޯޅަ ފޮނުވާލީ 35 ޔާޑު ދުރުންނެވެ

މެޗުގެ ސްކޯރ އާސެނަލްއިން ހަމަހަމަކުރީ އޭގެ 7 މިނެޓުފަހުން ލިއާންޑްރޯ ޓްރޮސާޑް ކާމިޔާބުކުރި ގޯލަކުންނެވެ. މި ގޯލާއެކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޓްރޮސާޑް މި ކާމިޔާބު ކުރީ އޭނާ އާސެނަލްއަށް ކާމިޔާބުކޮށްދިން 3 ވަނަ ގޯލެވެ. ޓްރޮސާޑް އާސެނަލް ކެރިއަރުގައި ކާމިޔާބުކުރި ފުރަތަމަ 2 ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެންކަމުން، އޭނާ ވެގެން ގޮސްފައިމިވަނީ ޕްރިމިއާލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ، އާ ކްލަބް ކެރިއަރުގައި އެންމެ ފުރަތަމަ އެ ޓީމަށް 3 ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއަށެވެ

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު، ޖުމްލަ 21 ޕޮއިންޓް ހޯދާ، މެންޗެސްޓަރ ސިޓީގެ ފަހަތުން އާސެނަލް މިހާރު އޮތީ ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ވެސް ހޯދިފައިވަނީ 21 ޕޮއިންޓެވެ. ނަމަވެސް އެ ޓީމު ކުރީގައި އޮތީ ގޯލު ތަފާތުންނެވެ.

ލީގުގެ 3 ވަނައިގައި އޮތީ ސަލާހުގެ 2 ގޯލުން އެވަޓަން ބަލިކޮށް، ލިވަޕޫލެވެ. އެއީ 20 ޕޮއިންޓާ އެކުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.