ވޭމަންޑޫ އަދި މާވަށު ސްކޫލް ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ބަޔަކާއި ހަވާލުކޮށްފި
ތ. ވޭމަންޑޫ އަދި ލ.މާވަށު ސްކޫލަށް އަލަށް އިތުކުރާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތްކުރުމަށް ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްކޫލްތަކަށް ޖާގަ އިތުރުކޮށް، ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.