ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި
އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ވިޝާން ނަސީމްއެވެ. އަދި އެސްޖޭން ސޮއިކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާޙިމެވެ.