ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިގެންނެވީ، މީގެ ކުރިން އެމަނިކުފާނަށް ވަޑައިނުގެންނެވި ހުރި ރަށްތަކަށެވެ. އެރަށްތަކަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށްރަށުގެ ރަށުކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއިވެސް ބައްދަލުކުރައްވާފައެވެ.