މަސްހިފަން މޫދަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ، ރޭ ގއ ގެމަނަފުށީ ފަޅަށް ވަންނަ ސަރަައްދުގައެވެ. ހާދިސާގައި ނިޔާވެފައި ވަނީ، އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.