2 ރަށެއްގައި މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފި
ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ. 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެވެ.