Advertisement

ފޮޓޯ: މިހާރު ސްޕޯޓްސް

12 Oct 2023
ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުން ރާއްޖެ އެއްވަރު

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ދިވެހި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. ރާއްޖޭގެ ގަލޮޅުދަނޑުގައި ކުޅުނު މި މެޗުގައި ގިނަ އަދި ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކުރިތަން ފެނުނީ ދިވެހި ކުޅުންތެރިންނެވެ. އަދި މޮޅަކުން މެޗު ނިންމާލަން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ބަނގުލަދޭޝް ހަމަހަމަ ކުރީއެވެ.

މެޗުގެ ބޮޑު ބައިގައި ރާއްޖެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ކާމިޔާބެއް ނުކުރެވުނެވެ. އަދި ރާއްޖޭން ކާމިޔާބު ކުރި ގޯލު ކާމިޔާބު ކޮށްފައިވަނީ މެޗުގެ  86 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރި ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. މިއީ އޭރިއާތެރެއިން ބަންގްލަދޭޝް ޑިފެންޑަރުންނަށް ސަލާމަތްނުކުރެދިޔަ ބޯޅައެއް ކުޑައޭރިއާ ރޮނގުމަތިން ލިބުމާ އެކު، ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިގެން ޗޯޓު ޖެހި ގޯލެކެވެ.

ބަނދުލަދޭޝްއިން އެއްވަރު ކުރި ގޯލު ކާމިޔާބު ކުރީ މެޗުގެ އިތުރު މިނެޓުގައެވެ. އެ ޓީމަށް ވެސް ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކުޅުން ތެރިއެކެވެ. މިއީ އަރިމަތިން ރަކީބް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅައަށް ހުސްކޮށް އަރައި، ސާދް އުއްދީން ކާމިޔާބު ކުރި ގޯލެކެވެ.

ގްރޫޕް ސްޓޭޖަށް ކޮލިފައިވާ ޓީމު އެނގޭނީ މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައި ކުޅޭ ދެވަނަ ލެގުންނެވެ. ރާއްޖޭގައި މި ކުޅުނު މެޗުގެ ނަތީޖާއާއެކު، ބަނގުލަދޭޝް މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމެއް ގްރޫޕް ސްޓޭޖަށް ދަތުރު ކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.