Advertisement

ފޮޓޯ؛ އެލައިށް

05 Oct 2023
ޚަބަރު

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެލައިޑުން ސްކޫލްތަކަށް

މިއަދު ފާހަގަ ކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލް ގުޅިގެން އެ ކުންފުނީގެ ފަރާތުން މާލޭގެ ހުރިހާ ސުކޫލަކަށް ކޭކު ހަދިޔާކޮށްފިއެވެ. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން، ޖުމްލަ 37 ސްކޫލަކަށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ޒިޔާރަތްކޮށްފައެވެ.

އެ ކުންފުނިން ފާހަގަ ކޮށްފައިވާ ގޮތުގައި މިއީ ޓީޗަރުން ކުރައްވަމުން ގެންދަވާ ބުރާ މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. މިކަން ފާހަގަކޮށް އެ ކުންފުނިން އެކްސް ގައި ހިއްސާކޮށްފައިވާ މެދެޖެއްގައި ބުނީ، ޓީޗަރުން އެ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ވަރަށް ރަގަޅަށް ފެންނަކަމާއި، އެކަމަށް އަބަދު ވެސް ޝުކުރުވެރިވާކަމަށެވެ.

އެލައިޑަކީ އެއްކޮށް މަސައްކަތްކުރާ ކުންފުނިތަކާއިއެކު ވެސް، ގާތް ގުޅުމެއް ބޭއްވުމަށް އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ގިނަ ކަންތައްތަކެއް ވެސް އެ ކުންފުނިން އާދަކޮށް ކުރިޔަށް ގެންދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.
18 Sep 2024
ޚަބަރު
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ގ. ބެރުގެ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބިދޭސީ އެއްގެ އަތުން 9000ރ ފޭރިގަތް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ.
18 Sep 2024
ޚަބަރު
މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލައި އަދި އޭނާ ލައްވައި މަސްތުވާތަކެތި ވިއްކުވުމުގައި ސިފައިންގެ ދެމީހުން ބައިވެރިވި: ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ދެމީހުންނާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ޙިއްޞާކޮށްފައި ވާނޭ ކަމަށެވެ. އަދި އެމީހުންނާއި މެދު އެއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނީ އެ އިދާރާއިންކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.
18 Sep 2024
ޚަބަރު
ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދީ ތަޙްޤީޤަށް އެކަން މުހިއްމު ކަމަށް ނުފެންނާތީ: ފުލުހުން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގައި އަނބުރައި ރަށަށް ފޮނުވައި ހަށިގަނޑު ވަޅުލީ، ޕޯސްޓް މޯޓަމް ހެދުން މުހިއްމުކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައެވެ. އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްޤީޤުތައް އަދިވެސް ކުރިޔަށްދާކަމަށާއި ތަޙްޤީޤުގެ ބޭނުމަށް ފުލުހުން އެރަށުގަިއ ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.