Advertisement

28 Sep 2023
ޚަބަރު

ކުޅުދުއްފުށީގައި އެމްޓީސީސީއިން ބަހުގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ދޭން ފަށައިފިއެވެ.

ކުޅުދުއްފުށި ބަހުގެ ޚިދުމަތް ދިނުމަށްޓަކާ 2 ބަސް ބޭނުންކުރާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މިއީ މާލޭ ސިޓީގައިވެސް ބޭނުންކުރާފަދަ 22 މީހުންގެ ޖާގައިގެ 2 މިނީ ބަހެވެ.

ބަހުގެ ޚިދުމަތް އެ ސިޓީގައި ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމެވެ.

ބަހުގެ ޚިދުމަތް ފެށުމާއެކު މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް އަޖުމަ ބެލުމުގެ ދަތުރުތައް އެ ސިޓީގައި ކުރާނެއެވެ. އަދި މި ދަތުރުތަކުގައި އާއްމުންގެ އަތުން އެއްވެސް އަގެއް ނުނަގާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަޖުމަ ބެލުމަށް ހިލޭ ދަތުރުކުރާ މުއްދަތުގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބޭ ޚިޔާލަށް ބެލުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ. ކުޅުދުއްފުށީގައި ބަހުގެ ޚިދުމަތް ފެށިގެންދިއުން ވެގެންދާނީ ސްކޫލް ކުދިންނާއި އާއްމު ފަރާތްތަކަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި އެމް.ޓީ.ސީ.ސީއިން ދެކެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް ކުޅުދުއްފުށީގައި ފަށާފައިވާއިރު، މިމަހުގެ ތެރޭގައި ހއ. ދިއްދޫގައިވެސް އެމް.ޓީ.ސީ.ސީއިން ވަނީ މި ޚިދުމަތް ރަސްމީކޮށް ފަށާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.