Advertisement

27 Sep 2023
ޚަބަރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ އެންމެންނަށް އެކަން އަންގައިފި

ސަރުކާރުން ކުރިއަށްގެންދާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން ދާއިމީ ލިސްޓަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް، ގެދޮރުވެރިޔާ ޕޯޓަލްގެ ތެރެއިން އެކަން މިހާރު އަންގާފައިވާކަމަށް މިނިސްްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ އެ ފަރާތްތަކަށް ފްލެޓް ލިބޭކަން އަންގާފައިވަނީ، ވަގުތީ ލިސްޓުގައި ޝަރުތު ހަމަވެ، އަދި ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާއަށް ބެލުމަށްފަހުކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު، ދާއިމީ ލިސްޓަށް ޝަރުތު ހަމަވާ މީހުންނަށް، ފްލެޓް ލިބޭކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެކަމަށެވެ. ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ޝަތުރު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ފޮނުވާފައިވާކަމަށްވެސް މިނިސްޓްރިއިން ވިދާޅުވެފައިވެއެވެ.

ޝަތުރު ހަމަނުވި މީހުންގެ އިތުރު ޝަކުވާއެއް އޮތްނަމަ، 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށައެޅުމަށް ހައުސިން މިނިސްޓްރީއިން ވަނީ ފުރުސަތު ދީފައެވެ. މި ޝަކުވާވެސް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އިޢުލާންކުރެއްވީ އޮގަސްޓްމަހުގެ 8ވަނަ ދުވަހުއެވެ. 15،000 އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް ވަގުތީ ލިސްޓުގައި ވަނީ ކަނޑައަޅާފައެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި 2 ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅިއެވެ.

ގެދޮރުވެރިޔާ ސްކީމްގެދަށުން ސަރުކާރުން ފުރަތަމަ ހުޅުވާލީ 4000 ފްލެޓަށެވެ. ސަރުކާރުން މިހާރު ވަނީ އިތުރު 6000 ފްލެޓަށްވެސް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ފްލެޓާށް ކުރިމަތިލުމުގެ ފުރުޞަތަކީ، މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލި ފުރުޞަތެކެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.