Advertisement

27 Sep 2023
ޚަބަރު

ތުރާކުނުން ފެށިގެން އައްޑޫ ސިޓީއަށް ބަލާލިޔަސް، ޕްރޮޖެކްޓެއް ނުހިނގާ، ޕްރޮޖެކްޓެއް ނުނިންމާ ރަށެއް ނޯންނާނެ: ސީއީއޯ އާޒިމް

މިހާރު މުޅި ރާއްޖެއަށް ބަލާލިޔަސް، ނުވަތަ ތުރާކުނުން ފެށިގެން އައްޑޫ ސިޓީއަށް ބަލާލިޔަސް، ޕްރޮޖެކްޓެއް ނުހިނގާ، ޕްރޮޖެކްޓެއް ނުނިންމާ ރަށެއް މިގައުމުގައި ނޯންނާނެ ކަމަށާއި، ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގައި މިގޮތަށް މިކަން ހިނގާފައި ނުވާކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ހއ. ދިއްދޫ ބިން ހިއްކަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.

"ކޮންމެ ރަށަކަށް ބަލާލިޔަސް ތުރާކުނުން ފެށިގެން އައްޑޫ ސިޓީއަށް ބަލާލިޔަސް ޕްރޮޖެކްޓެއް ނުހިނގާ، ޕްރޮޖެކްޓެއް ނުނިންމާ ރަށެއް މިގައުމަކު ނޯންނާނެ މިހާރަކު. ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގައި މިގޮތަށް މިކަން ހިނގާފައެއް ނެތް" އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންމެ މަޝްރޫއެއްވެސް ފަށަނީ ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމުގެ އުންމީދުގައިކަމަށެވެ. އެގޮތުން މިހާތަނަށް އެމްޓީސީސީން 157 މަޝްރޫއު ނިންމާ 90އަށް ވުރެ ގިނަ ރަށުގައި މިހާރުވެސް މަސައްކަތް ކުރިއަށްދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށިއިރު، މިކަމަށް އޮތް ޙާއްސަ ރަސްމިއްޔާތުގައި މިކަން ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ދިއްދޫގައި 5000 އާއި ގާތްކުރާ އަދަދަކަށް މީހުން ދަނީ ދިރިއުޅެމުންނެވެ. ދިއްދުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެއެވެ. ދިއްދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖުލައި 2023 ގައެވެ. މިމަޝްރޫއުގެ ދަށުން ޖުމްލަ 26 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބ،ި މުސްތަޤުބަލުގައި ދިއްދޫ އިތުރަށް އާބާދުވެ ތަރައްޤީކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެކަމަށެވެ. މިފަހަރު އިތުރުކުރެވޭ 26 ހެކްޓަރާއެކު ގެސްޓް ހައުސް ވިޔަފާރިޔާއި އެހެނިހެން ސިނާއަތްތަކަަށް ބިން ދެވިގެން ދާނެކަމަށް ދިއްދޫގެ ކައުންސިލުން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއ،ި 623,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެއެވެ. އަދި 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަޙައްދުގެ ބިން ހިއްކުމާއި، 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗެއް ކޮނުމާއ،ި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫޢުއަށް ދައުލަތުން 83.07 މިލިއަން ރުފިޔާގެ ޚަރަދުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.