Advertisement

އުތުރު ތިލަފަޅުގެ ކުރެހުމެއް. ފޮޓޯ: ހައުސިން މިނިސްޓްރީ

25 Sep 2023
ޚަބަރު

ހުއްދަ ނުހޯދައި އުތުރު ތިލަފަޅަށް އަރަން އުޅުނު މައްސަލަ ފުލުހަށް ހުށައަޅައިފި

އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަނެތި ވަދެ ވީޑިއޯކޮށް، އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން އިއްޔެ ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަޙައްދަށް "ދިޔަރެސް" ނޫހުގެ ނޫސްވެރިން އަރަން މަސައްކަތްކުރި މައްސަލަ ބަލާ ފިޔަވަޅު އެޅާނެކަމަށެވެ. ދިޔަރެސް ނޫހުން މި ޢަމަލު ހިންގާފައިވަނީ، އުތުރު ތިލަފަޅު ހިއްކާ އެތަނުން ރައްޔިތުންނަށް ގޯތި ދޫކުރާނެކަމަށް ސަރުކާރުން ބުނި ބުނުމާއި ގުޅިގެން، އެތަން ބަލަންކަމަށް ބުނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްޤީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެފަޅުގެ ބާކީ ސަރަޙައްދުތައް ރެސިޑެންޝަލް އޭރިޔާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށް ސަރުކާރުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހާމަކުރައްވާފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައިގޮސް ހުއްދަނެތި ސިފައިންގެ ބަނދަރުތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.  

އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިފައިންގެ މަރުކަޒުތަކަކީ ހުއްދަ ނުހޯދައި ވަނުން މަނާ ތަންތަން ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ހަތަރު މީހުން ލޯންޗެއްގައި ގޮސް ބަނދަރުން ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް ކަމަށެވެ. އަދި އެކަން ކުރީ އެމްއެންޑީއެފަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ބުންޏެވެ.

އެ ބަނދަރު ބަލަން ހުއްދަށް އެދިގެން އައި މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށާއި ހުއްދަ ނުހޯދައި އެތަނަށް އަރަން މަސައްކަތް ކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމެއްކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ގައުމުތަކުގައި ވެސް މިފަދަ އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރާ ކަމަށާއި އެހެންވެ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

"އެމްއެންޑީއެފްގެ މަރުކަޒަކަށް އެމްއެންޑީއެފްގެ ހުއްދަ ނެތި ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލެއްކަމުގައި ދެކޭތީ މި ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅައިދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އިދިކޮޅު ފާރާތްތަކުން ތުހުމަތު ކުރަނީ އުތުރު ތިލަފަޅަކީ އިންޑިއާގެ ސިފައިން ބައިތިއްބަން ތަރައްގީކުރާ ތަނެއްގެ ގޮތުގައެވެ. އެ ތުހުމަތު ސަރުކާރުން ތަކުރާރުކޮށް ދޮގުކުރެއެވެ. އެއީ ދިވެހި ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ދިވެހިންގެ ތަނެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.