Advertisement

ނިޔާޒް އިބްރާޙިމް --- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް

25 Sep 2023
ޚަބަރު

ދިޔަރެސްގެ ނޫސްވެރިއަކު ކުރީގެ އެޓަރނީ ޖެނެރަލްއާ މަގުމަތިން ދިމާކޮށްފިކަމަށް އޭނާ ސޯޝަލް މީޑިއާގައި ބުނެފި

ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އޮޑިޓަރ ޖެނެރަލްގެ މަޤާމް އަދާކުރެވި، ނިޔާޒް އިބްރާޙީމަށް ދިޔަރެސްގެ ނޫސްވެރިއަކު މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފިކަމަށް އޭނާ ސޯޝަލް މީޑިއާގައި ހާމަކޮށްފިއެވެ. މި ކަން ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކުރުމަށްފަހު، އެ ފޮޓޯގައިވާ 4 މީހުންގެ ތެރެއިން ސީދާވަކިމީހަކު ފާހަގަވާނޭހެން ސިފަކޮށްދިނުމަށްފަހު ނިޔާޒް ބުނެފައިވަނީ، އޭނާ ބޭންކަށް ދިޔަ މަގުމަތީގައި ދިޔަރެސްގެ ނޫސްވެރިޔާވަނީ އޭނާއާއި ދިމާކޮށް ފުރައްސާރަ ކުރުމުގެ އިތުރުން އިންޒާރުވެސް ދީފައިކަމަށެވެ

މި ހާދިސާއާ ގުޅިގެން ނިޔާޒް އިތުރަށް ބުނެފައިވަނީ، މިހާރުއްސުރެން އިދިކޮޅު ޕީޕީއެމްގެ އަސްލު ސިފަ ފެންނަން ފަށާފައިވާކަމަށެވެ.

މިހާރުއްސުރެއް ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން. ވެރިކަން ލިބިއްޖެއްޔާ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާ ކޮށްލައްވާ

ނިޔާޒް އިބްރާޙިމް ސޯޝަލް މީޑިއާގައި

ނަމަވެސް މި މައްސަލަ އަދި ފުލުހުންނަށް ހުށަހެޅިކަމެއް، ނުވަތަ ނޫންކަމެއް ވެސް ނިޔާޒް ހާމައެއް ނުކުރެއެވެ.

އަނެއްކޮޅުން ދިޔަރެސްގެ ނޫސްވެރިޔާ ސޯޝަލް މިޑިއާގައި ބުނަމުންދަނީ އޭނާ އިންޒާރުދީފައި ނުވާނެކަމަށެވެ.

ކަންމިހެން ހިނގިއިރު، މިދިޔަ ހޮނިހިރު ދުވަހު "އަދަދު" ނޫހުން ވަނީ ނިޔާޒް އިބްރާޙިމްގެ އިންޓަވިއުއެއް ވެސް އާންމުކޮށްފައެވެ. އެ އިންޓަވިއުގައި އޭނާ ބުނާ ގޮތުން، 30 ސެޕްޓެމްބަރގައި ރައްޔިތުން ނިކުމެ މި ސަރުކާރު ދަމަހައްޓަން މަސައްކަތްކުރަންޖެހޭ ކަމަށާއި، ޕީޕީއެމްގެ ސަރުކާރެއް ގެންނަން ނުވާނީ އެ ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށެވެ.

މިހާރުގެ ސަރުކާރު ދަމަހައްޓަންޖެހޭ. މިހެން މި ދެންނެވީ ބައިވަރު ސަބަބުތައް ހުރެގެން. ފުރަތަމަ ސަބަބަކަށް އަޅުގަނޑު ދަންނަވާނީ ޕީޕީއެމްގެ ވެރިކަމުގަ ދިވެހިރާއްޖޭގަ ގެއްލިގެން ދިޔަ އަމާން އޮމާންކަމާއި ހަމަޖެހުމާ، އޭރު އޮތް ބިރުވެރި ނާމާން ޖައްވާއި މި ހުރިހާ ސަބަބުތައް

ނިޔާޒް އިބްރާޙިމް "އަދަދު" އަށް ދެއްވި އިންޓަވިއުގައި

ޕީޕީއެމް ސަރުކާރުގައި ދިވެހި ދައުލަތުގެ ވަސީލަތްތަކަށް ހިޔާނަތްތެރިވަމުން ދިޔަ މިންވަރާ، އެ ހުރިހާ ކަމެއްގެ މަޢުލޫމާތު ލިބި، އެ ރިޕޯޓްތައް ދިވެހި ރައްޔިތުންގެ ހަމަޔަށް އާންމު ކުރުމުން ކަންތައްތައް ވެގެން ދިޔަ ގޮތް ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ

ނިޔާޒް އިބްރާޙިމް "އަދަދު" އަށް ދެއްވި އިންޓަވިއުގައި

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.