Advertisement

ކިޕްޗޯގޭ ބަރލިން މެރަތަން ނިންމުމަށްފަހު --- ފޮޓޯ: ރަނަރސް ވާލްޑް

25 Sep 2023
ކުޅިވަރު

ކިޕްޗޯގޭ ބަރލިން ފަތަހަކޮށްފި

އާދީއްތަ ދުވަހު އޮތް ބަރލިން މެރަތަން ކާމިޔާބުކޮށް، މެރަތަން ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ އުމުރުން 38 އަހަރުގެ އެލިއުޑް ކިޕްޗޯގޭ ވެގެން ގޮސްފައި މިވަނީ ބަރލިން މެރަތަން 5 ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ދުވުންތެރިޔާއަށެވެ. ކެންޔާއަށް ނިސްބަތްވާ ކިޕްޗޯގޭއަށް އޭނާގެ އަތުގައި އޮތް ދުނިޔޭގެ ރެކޯޑް މިފަހަރު އައު ނުކުރެވުނު ނަމަވެސް، މި ރޭސް އޭނާ ނިންމާފައިވަނީ 02:02:49 ނެވެ.

ރޭހުގައި 30 ކިލޯމީޓަރު ފަހަނަ އަޅާ ދިއުމާއި ހަމައަށް ކިޕްޗޯގޭ ދުވަމުން ދިޔަ ސްޕީޑުގައި، އޭނާ އަނެއްކާވެސް ދުނިޔޭގެ މެރަތަން ރެކޯޑް އައު ކޮށްފާނެކަމާއިމެދު އުއްމީދު ކުރެވުނެވެ. ނަމަވެސް ރޭހުގެ 30 ކިލޯމީޓަރާއި ހަމައިން، ކިޕްޗޯގޭއާ އެއްހަމައެއްގައި ދުވަމުން ދިޔަ އިތިއޯޕިއާގެ ޑަރސެހް ކިންޑީގެ ދުވެލި މަޑުވުމުން، ކިޕްޗޯގޭގެ ދުވެލި ވެސް ކުޑަކޮށް މަޑުވެ، ރެކޯޑާއި ހަމަކުރެވޭވަރު ނުވީއެވެ.

ބަރލިން މެރަތަންގައި ކިޕްޗޯގޭ ވަނީ ދެ ފަހަރަށް ދުނިޔޭގެ ރެކޯޑް އައުކޮށްފައެވެ. އެގޮތުން ފުރަތަމަ އައުކުރީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު އޭނާ ވޯލްޑް ރިކޯޑު އައުކުރީ ކުރީގެ ރެކޯޑަށްވުރެން އެއް މިނެޓަށްވުރެންވެސް ކުރިހޯދުމަށްފަހު 2:02:39 ނެވެ. އަދި މި ރެކޯޑް 2022 ގައި އައުކުރިއިރު، އިތުރު 30 ސިކުންތު ކުރިޔަށްޖެހިލާ، 2:01:09 އަކުން ވަނީ ރޭސް ނިންމާފައެވެ

ޖުލްލަ 21 މެރަތަން ދުވެގެން 18 މެރަތަން ކާމިޔާބުކޮށްފައިވާއިރު، ކިޕްޗޯގޭ އަކީ މެރަތަން ދުވުމުގައި ދުނިޔެ ދެކެފައިނުވާ ވަރުގެ ދުވުންތެރިއެކެވެ. އޭނާވަނީ އޮލިންޕިކްސްގައި ވެސް 2 ގޯލްޑް މެޑަލް ހޯދާ، ދުނިޔޭގެ އެންމެ ވާދަވެރި މެރަތަންތައް ވެސް 11 ފަހަރު ކާމިޔާބުކޮށްފައެވެ

ކުރިން އެންމެ ގިނަ ބަރލިން މެރަތަން ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ އިތިއޯޕިއާގެ ހެއިލް ގެބްސެލަސީ އަތުގައެވެ. އޭނާވަނީ ބަރލިން މެރަތަން ޖެހިގެހިގެން 4 ފަހަރު ކާމިޔާބުކޮށްފައެވެ، އެއީ 2006 – 2009 އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.